ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރަން ފިޔަވަޅުތަކެއް އަޅަނީ

އިކޮނޮމިކް ކައުންސިލުން ނިންމާފައި ވަނީ އަގު ކުޑަކޮށް އަދި ބޮޑުވިޔަ ނުދީ ހިފަހައްޓާނެ ހާއްސާ ސިޔާސަތުތަކެއް ކަނޑައަޅައި އާންމު ކުރުމަށެވެ،

މާލޭގެ މާރުކޭޓް ސަރަހައްދު: ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރަން ފިޔަވަޅު އަޅަން ވަނީ ނިންމާފައި --

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރަން ނުވަތަ އަގު އިތުރަށް ބޮޑުވެގެން ނުދިޔުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިކޮނޮމިކް ކައުންސިލުން ނިންމުމަށްފަހު ކެބިނެޓަށް ފޮނުވައިފި އެވެ.

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފްތާ 14" މަގު ޗާޓުގައި ހިމެނޭ ކަމެކެވެ. އިކޮނޮމިކް ކައުންސިލުން ނިންމާފައި ވަނީ އަގު ކުޑަކޮށް އަދި ބޮޑުވިޔަ ނުދީ ހިފަހައްޓާނެ ހާއްސާ ސިޔާސަތުތަކެއް ކަނޑައަޅައި އާންމު ކުރުމަށެވެ،

މިދިޔަ ހަފްތާ ހުށަހެޅި މި ކަރުދާހާ ގުޅިގެން އަދި ކެބިނެޓުން ވަކި ގޮތެއް ނުނިންމަ އެވެ. 

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ހަނޑޫ ހަކުރު އަދި ފުށާއި ފިޔާ އަލުވި ބިސް ފަދަ ބާވަތްތަކެވެ. ކާޑުގެ ގިނަ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރަނީ އަވަށްޓެރި އިންޑިއާއިންނެވެ. ނަމަވެސް އިންޑިއާއަށް ބަރޯސާ ވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ވަނީ ތުރުކީ އާއެކު މަޝްވަރާތަކެއް ކުރައްވާ އެއްބަސްވުން ވެސް ގާއިމު ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.