އިހަވަންދިއްޕޮޅު ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް، ބިޔަ މަޝްރޫއުއެއް ފަށަނީ

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އިހަވަންދިއްޕޮޅަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ނިންމަވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ބިޔަ މަޝްރޫއު އެއް ފަށަން ވަނީ ނިންމާފައެވެ.

އިހަވަންދިއްޕޮޅުގައި ޓްރާންސިޕްމަންޓް ބަނދަރެއްގެ ހިދުމަތް ފަށަން އެންމެ ފުރަތަމަ މަސައްކަތް ކުރީ 2015 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުން

އިހަވަންދިއްޕޮޅަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އިހަވަންދިއްޕޮޅަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ނިންމަވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ބިޔަ މަޝްރޫއު އެއް ފަށަން ވަނީ ނިންމާފަ އެވެ. 

ވަޒީރުން މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކެބިނެޓުން ނިންމަވާފައިވަނީ މި މަޝްރޫއުގެ މާސްޓާ ޑިވްލޮޕާއެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކުންފުނި ހަމަޖައްސަން ކަމަށެވެ. 

"މި މަޝްރޫއު ހިންގަން ކަނޑައަޅާފައިވާ ސަރަހައްދު ސްޕެޝަން އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ހަމަޖެއްސުން،" ނާޒިމް ވިދާޅުވި އެވެ. 

އިހަވަންދިއްޕޮޅުގައި ޓްރާންސިޕްމަންޓް ބަނދަރެއްގެ ހިދުމަތް ފަށަން އެންމެ ފުރަތަމަ މަސައްކަތް ކުރީ 2015 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުންނެވެ. އޭގެފަހުން އެމްޑީޕީން ވެރިކަމަށް އައިސް މި މަޝްރޫއުގެ ސްކޯޕް ކުޑަކޮށް މަސައްކަތްތަކެއް ކުރަން އުޅުނެވެ. އެކަން ކުރަން އެސްޓީއޯއާއި ދުބާއީގެ ކުންފުންޏަކާއެކު ސޮއިވެސް ކުރި އެވެ. އެކަމަކު އެކަންވާގޮތެއް ނުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެސްއީއެޑް ގާނޫނުގެ ދަށުން މިފަދަ ބިޔަ މަޝްރޫއުތައް ގެނެވޭ ގޮތަށް ހަމަޖައްސާފަ އެވެ. މި ގާނޫނުގެ ދަށުން އިހަވަންދިއްޕޮޅުގެ އިތުރުން ލ. އަތޮޅުގައިވެސް މިފަދަ މަަޝްރޫއެއް ހިންގަން ވަނީ ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.