އެންމެ ފަސް

މަޖިލީހުގައި މާރާމާރީ، ޝަހީމްގެ ބޯ ފަޅައިގެން ގޮސް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފި

ހަމަނުޖެހުން ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައާ މެންބަރު ޝަހީމުގެ މެދުގައެވެ. ޝަހީމްގެ ބޯ ފަޅައިގެން ގޮސް ބައެއް ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

މެންބަރު ޝަހީމް ހޮސްޕިޓަލަށް ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެ މެންބަރެއްގެ މެދުގައި ހަމަަނުޖެހުން ހިނގާ ކަނޑިތީމު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަހީމަށް އަނިޔާވެއްޖެ އެވެ. 

ހަމަނުޖެހުން ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައާ މެންބަރު ޝަހީމުގެ މެދުގައެވެ. ޝަހީމްގެ ބޯ ފަޅައިގެން ގޮސް ބައެއް ތަންތަން ވަނީ މަށައިގެން ގޮސްފައެވެ. ކަންފަތް ކައިރިން ވެސް ލޭ އައިސްފައިވެ އެވެ.

މީގެ ކުޑައިރުކޮޅެއްގެ ކުރީން އޭޑީކޭގެ އެމްބިއުލާންސް ގައި ޝަހީމް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަޖިިލީސް މެންބަރަކު ވިދާޅުވި ގޮތުގައި ޝަހީމްއާ އީސައާ މާރާމާރީ ހިންގީ ޝަހީމް ރިޔާސަތުގެ ގޮނޑިކޮޅުގައި އިންނެވުމުން ކަމަށެވެ. 

"ދެ މީހުން އެކަކު އަނެކަކަށް ކިތަންމެ ފަހަރަކު މިތަނަށް [ތަޅުންގަނޑުމައްޗަށް] ގުޅައަކަށް ޖެހުނު. ޝަހީމަށް ބޮޑަށް ހާނިއްކަވީ. ބޯ ފަޅައިގެން ގޮސް ކަންފަތް ކައިރީން ލޭ ވެސް އާދޭ. ވަރަށް ބޮޑަށް އޭނާއަށް އަނިޔާވާނެ،" އެމްޑީޕީ މެންބަރަކު ވިދާޅުވި އެވެ.

އާންމުވެފައިވާ ވީޑިއަކުން ފެންނަ ގޮތުގައި ޝަހީމާ ހިފައިގަނެ އީސަ ގެންދިޔައީ ރިޔާސަތުގެ މޭޒަށް ޝަހީމް ވަޑައިގަތުމަށް ހުރަސް އަޅަމުންނެވެ. ދެ މީހުން ކުއްލިއަކަށް ގުޅައަކަށް ޖެހޭ މަންޒަރު ވެސް ފެނެ އެވެ. އަދި ތެދުވަމުން އީސަ ވަނީ ގަސްތު ގައި ޝަހީމަށް ފައިން ހަމަލާދީފައެވެ. ބޫޓުން ބޮލުގައި ޖަހާތަން ފެނެ އެވެ.

އެމްޑީޕީ މެންބަރުން ވިދާޅުވި ގޮތުގައި އީސައަށް ވެސް ވަނީ އަނިޔާވެފައެވެ. އަދި މަތިވެރީ ދާއިރާގެ މެންބަރު ޒަމީރަށް ވެސް އަނިޔާވެފައިވެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތް ނިންމަން 1:30 ގައި މަޖިލީހުގެ ޖަލްސާ އަލުން ފަށަން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ޖަލްސާގެ ވަގުތުގެ ކުރީން ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރާ މާލަމަށް ވަދެ ހުރިހާ ދޮރުތައް ތަޅުލާފައެވެ.

އެހެން ކަމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ޕީޕީއެމާއި ޕީއެންސީގެ ގިނަ މެންބަރުން ތިބީ ޖަލްސާ ކުރާ މާލަމު ގައެވެ. އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅުނު ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އޭރު އިންނެވީ ރިޔާސަތު ގައެވެ.

ފަހުން އެމްޑީޕީގެ މެންބަރުން ތަޅުމަށް ވަދެ ޕީއެންސީ މެންބަރުން ރިޔާސަތުން ދުރުކުރަން މަސައްކަތް ކުރުމުން ހަމަނުޖެހުމަކަށް ބަދަލުވެ މާރާމާރީ ހިންގީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.