އެހެންކަމުން ޑިމޮކްރެސީ ހަރުދަނާ ގޮތެއްގައި ބޭއްވޭނީ ގާނޫނުއަސާސީއަށް އަމަލުކޮށްގެން ކަމަށާއި، ވަޒީރުންނަށް ރުހުން ނުދިނުމުގެ ސަބަބުން ބޮޑެތި މުހިންމު މަޘްރޫއުތައް ވެސް ހުއްޓިގެން ދާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ނުދޭން ނިންމުމަކީ ޑިމޮކްރެސީ އަށާއި ސަރުކާރު ހިންގުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް އެމްޑީގެ ރައީސް / މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލާ މަޖިލީސް ކުރިމަތީގައި ސަރުކާރުގެ އިސްވެރިން އެއްވެ މިހާރު ކުރަމުންދާ މުޒާހަރާގެ ބައިވެރީން ކައިރިއަށް ވަޑައިގެން ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ކެބިނެޓަށް ރުހުން ދިނުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން ޑިމޮކްރެސީ ހަރުދަނާ ގޮތެއްގައި ބޭއްވޭނީ ގާނޫނުއަސާސީއަށް އަމަލުކޮށްގެން ކަމަށާއި، ވަޒީރުންނަށް ރުހުން ނުދިނުމުގެ ސަބަބުން ބޮޑެތި މުހިންމު މަޝްރޫއުތައް ވެސް ހުއްޓިގެން ދާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.
"މި ރުހުން ދިނުމަކީ ސަރުކާރު ހިންގުމަށްޓަކައި އަދި ސަރުކާރުގެ މަޝްރޫއުތައް ރައްޔިތުންނަށް ފައިދާވާ ގޮތަށް ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ޖެހޭ ވަޒީރުންނަށް. އެހެންވީމަ މީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ އަދި އަޅުގަނޑުގެ ޕާޓީން ގަބޫލުކުރާ ގޮތުގަ ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންނަށް މަޖިލީހުން ރުހުން ދޭން ޖެހޭނެ ކަމަށް،" ސިޔާމް ވިދާޅުވި އެވެ.
އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު މިއަދު ބޭއްވި މަޖިލީސް ޖަލްސާގެ ވޯޓް ގަޑި ޖެހުމުގެ ކުރިން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޗެމްބަރު ތަޅުލާފަ އެވެ. އެހެންވެ އިދިކޮޅު އެއްވެސް މެމްބަރަކަށް ޗެމްބަރަށް ނުވަދެވި ޖަލްސާ އަދިވެސް ފެށޭ ގޮތެއް ނުވެ އެވެ. ވޯޓްލާން އޮތީ 1:30 ގައެވެ.
އިދިކޮޅު މެމްބަރުން ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް އަމަލުކުރަން ސިޔާމް ގޮވައިލެއްވިއިރު، އޭނާ އަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ކޯލިޝަން މެމްބަރެކެވެ. ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ބައިއަތު ހިއްޕެވީވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް ދެވަނަ ބުރު ކުއްލި ގޮތަކަށް ނިންމުން ބަދަލު ކުރައްވާ ރައީސް މުއިއްޒަށް ތާއީދު ކުރެއްވީ އެވެ.