އެންމެ ގިނަ މުވައްޒަފުން އިތާފުށީގަ، ސާވިސް ޗާޖު 2،600 ޑޮލަރަށްވުރެ މަތި

އެންމެ ގިނަ މުވައްޒަފުން ތިބެ އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވަން އެންޑް އޮންލީ އާއި ވިލްޑޯފް އެސްޓޯރިއާއިންނެވެ.

ވޮލްޑޯފް އެސްޓޯރިއާ އިތާފުށި

މި މަހާއި އަންނަ މަހަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު ސާވިސް ޗާޖެއް މުވައްޒަފުންނަށް ލިބޭ ދެ މަހެވެ. ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ލިސްޓުގައި ބޮޑު އަދަދުން ސާވިސް ޗާޖު ލިބެނީ ލަގްޒަރީ ރިސޯޓްތަކުންނެވެ. 

މި ލިސްޓުގައި ސާވިސް ޗާޖު ބޮޑު އަދަދުތަކުން ދޭ ގިނަ ރިސޯޓުތަކަކީ މަދު މުވައްޒަފުން ތިބި ރިސޯޓުތަކެކެވެ. ނަމަވެސް މި ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ބޮޑު އަގުގައި ކޮޓަރި ވިއްކާ ތަންތަން ހިމެނެ އެވެ. 

އެންމެ ފަހުގެ ސާވިސް ޗާޖު ލިސްޓުގައި އެންމެ މުވައްޒަފުން ގިނަ ރިސޯޓެއްގެ ގޮތުގައި ސާވިސް ޗާޖު ދީފައި ވަނީ މަޝްހޫރު ހިލްޓަންގެ އަލްޓްރާ ލަގްޒަރީ ބްރޭންޑް ވޮލްޑޯފް އެސްޓޯރިއާ އިން މާލެ އަތޮޅުގައި ހިންގަމުން ގެންދާ އިތާފުށި މޯލްޑިވްސް އެވެ. މި ރިސޯޓަކީ މެދުއިރުމަތީގެ މަހުޖަނަކާއި ސީސައިޑް، މުހައްމަދު އަލީ ޖަނާހު ގުޅިގެން ހިންގާ ރިސޯޓެކެވެ. 

އިތާފުށި ރިސޯޓުގައި 700 އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު މި ރިސޯޓުން މި މަހު ސާވިސް ޗާޖުގެ ގޮތުގައި 2،696.67 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 41,572 ރުފިޔާ ލިބިފަވެ އެވެ. މިދިޔަ މަހުގެ ސާވިސް ޗާޖު ލިސްޓުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ރިޒް ކާލްޓަން ރިސޯޓުގެ މުވައްޒަފުންނަށެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް މިމަހު 4،200 ޑޮލަރުގެ ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވެ އެވެ. މި ރިސޯޓުގައި ތިބި 400 މުވައްޒަފުންނެވެ.

ސާވިސް ޗާޖު މަތި ބައެއް ރިސޯޓްތައް

  •  ޝެވަލް ބްލޮންކް ރަންދެލި - 3،542.49
  •  ޖޯލި މޯލްޑިވްސް - 2،812
  •  ފޯސީޒަން ރިސޯޓް - 2،557.87
  •  ވޮލްޑޯފް އެސްޓޯރިއާ - 2،696.67
  •  ވަން އެން އޮންލީ - 2،800 ޑޮލަރު

ވޮލްޑޯފް އެސްޓޯރިއާ ނަގާފައި އެންމެ ގިނަ މުވައްޒަފުން ތިބި އަދި އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދީފައި ވަނީ ވަން އެންޑް އޮންލީ ރީތި ރަށެވެ. އެ ރިސޯޓުގައި ތިބެނީ 400 މުވައްޒަފުންނެވެ. އެ ރިސޯޓުން ސާވިސް ޗާޖަށް 2،800 ޑޮލަރެވެ. މި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ލިބުނު ގިނަ ރިސޯޓުތަކުގެ ތެރޭން ވެލާ އާއި ރަންދެލި ރިސޯޓަކީ ނިސްބަތުން ކޮޓަރި މަދު އަދި މުވައްޒަފުންގެ އަދަދު ވެސް މަދު ރިސޯޓް ތަކެވެ. 

ދިވެހިން ތިބީ ކިހާ ވަރެއް؟ - ސާވިސް ޗާޖުގެ ގޮތުގައި ބޮޑު އަދަދެއް މުވައްޒަފުންނަށް މިމަހު ލިބިގެން ގޮސްފައިވާއިރު ރާއްޖޭގެ ރިސޯޓުތަކުގައި ތިބި ދިވެހި މުވައްޒަފުންގެ އަދަދާމެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.

ގާނޫނުން ލާޒިމް ކުރަނީ ދިވެހި މުވައްޒަފުންގެ ނިސްބަތް ރިސޯޓުތަކުގައި ހުންނަން ޖެހޭނީ 45 ޕަސެންޓް ދިވެހި މަސައްކަތްތެރިންނެވެ. އަދި 55 ޕަސެންޓް ދިވެހިންނެވެ. މިއަދަދު ބިދޭސީން 70 ޕަސެންޓަށް މަތިކުރަން ރިސޯޓު އޯނަރުން ހިމެނޭ ޖަމިއްޔާ މަޓީން ވަނީ ސަރުކާރުގައި އެދިފަ އެވެ. 

ސާވިސް ޗާޖު ނަގާ ގޮތް - ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން ޓޫރިޒަމް ގާނޫނުން ލާޒިމްކުރެ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި 50،000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.