އެންމެ ފަސް

މަޖިލީސް ތަޅުން ތަޅުލައިފި، ރިޔާސަތުގައި ސަރުކާރު މެންބަރުން

ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތް ނިންމަން 1:30 ގައި މަޖިލީހުގެ ޖަލްސާ އަލުން ފަށަން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ޖަލްސާގެ ވަގުތުގެ ކުރީން ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރާ މާލަމަށް ވަދެ ހުރިހާ ދޮރުތައް ތަޅުލާފައެވެ.

މަޖިލީސް ތަޅުން ތަޅުލާފައި ހުުރުމުން ޑިމޮކްރެޓްސްގެ މެންބަރުންނަށް ބޭރުގައި މަޑުކޮށްލައިގެން އަދި މަޖިލީހުެ ރިޔާސަތުގައި ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ހުރަސް އަޅާ މަޖިލީހުގެ ތަޅުމަށް ނުވަދެވޭނެ ހެން ހުރިހާ ދޮރުތަކެއް ތަޅުލައިފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތް ނިންމަން 1:30 ގައި މަޖިލީހުގެ ޖަލްސާ އަލުން ފަށަން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ޖަލްސާގެ ވަގުތުގެ ކުރީން ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރާ މާލަމަށް ވަދެ ހުރިހާ ދޮރުތައް ތަޅުލާފައެވެ.

އެހެން ކަމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ޕީޕީއެމާއި ޕީއެންސީގެ ގިނަ މެންބަރުން ތިބީ ޖަލްސާ ކުރާ މާލަމު ގައެވެ. އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅުނު ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އިންނެވީ ރިޔާސަތު ގައެވެ.

ސަރުުކާރުގެ ވެރީންނާއި ސަޕޯޓަރުން މަޖިލީސް ދޮށުގައި އިހުތިޖާޖު ކުރަނީ

މަޖިލީހުގެ ޖަލްސާ ދެން ފެށޭނެ އިރެއް ނޭންގެ އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ ޖަލްސާ އަދި ކެންސަލް ނުކުރާ ކަމަށެވެ. ޖަލްސާ ދެން ބޭއްވޭނެ ވަގުތެއް ވެސް ނޭންގޭ ކަމަށެވެ. އެހެން ކަމުން ބައެއް މެންބަރުން މިހާރު ވަނީ ގެއަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ހިމެނެ އެވެ.

މީގެ އިތުރުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންނާއި ބައެއް ސަޕޯޓަރުން މިހާރު ވަނީ މަޖިލީސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަން ފަށާފައެވެ. އެ މީހުން ދަނީ ވަޒީރުންނަށް ރުހުން ދިނުމަށާއި ސަރުކާރު ހިންގުމަށް ހުރަސް ނޭޅުމަށް ގޮވާލަމުންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި އެމްޑީޕީގެ މެންބަރުންނަށް ފާޑުކިޔާ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.

ސަރުުކާރުގެ ވެރީންނާއި ސަޕޯޓަރުން މަޖިލީސް ދޮށުގައި އިހުތިޖާޖު ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީއާ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ މަޝްވަރާ ކޮށް ގޮތް ނިންމާފައެވެ. އެއީ؛

  •  އާދަމް ޝަރީފް އުމަރު - ލޯކަލް ގަވާމަންޓް މިނިސްޓަރު
  •  އިބްރާހިމް ފައިސަލް - ޓޫރިޒަމް މިނިސްޓަރު
  •  ޑރ. އަލީ ހައިދަރު - ހައުސިން މިނިސްޓަރު
  •  މުހައްމަދު ސައީދު - އިކޮނޮމިކް މިނިސްޓަރު
  •  ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - އިސްލާމިކް މިނިސްޓަރު
  •  މޫސާ ޒަމީރު - ފޮރިން މިނިސްޓަރު
  •  އަހްމަދު އުޝާމް - ބަންޑާރަ ނާއިބު
ސަރުުކާރުގެ ވެރީންނާއި ސަޕޯޓަރުން މަޖިލީސް ދޮށުގައި އިހުތިޖާޖު ކުރަނީ

ދެ ޕާޓީގެ މެންބަރުން އެންމެ ބޮޑަށް ދެކޮޅީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

ސަބަބެއް ކަމަށް ބުނަނީ ކުރީ ސަރުކާރުން ދޫކުރި ގޯތިތަކާއި ފްލެޓްތައް ނުދީ ލަސް ކުުރުމެވެ. ވެރިކަން ނިމޭން ދަނިކޮށް އެތައް ހާސް ބަޔަކަށް ގޯތި ދޭން ސަރުކާރުން ނިންމި ނަމަވެސް ގިނަ ބިންތައް ހުރީ ނުވެސް ހިއްކަ އެވެ. އަދި އެންމެ ފްލެޓެއް ގެ މަސައްކަތް ވެސް ނުނިމެ އެވެ. އެކަން ފާހަގަކޮށް ހައިދަރު ވާހަކަ ދެއްކެވުމުން އެމްޑީޕީގެ ނުރުހުން ކުރީއްސުރެ އޮތީ އަމާޒު ވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.