ހަނިމާދޫގައި އަލަށް ހަދާ ރަންވޭގެ ދިގުމިނަކީ 2.46 މީޓަރެވެ. ފުރަތަމަ ހުޅުވާފައިވަނީ 1،200 މީޓަރެވެ.
އުތުރުގެ ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުން ގެންދާ އާ ރަންވޭގެ 1200 މީޓަރު ހުޅުވައި، ބާރަންވޭ ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އިންޑިއާގެ އިންޑިއަން އެގްޒިމް ބޭންކުން ލޯނު ނަގައިގެން އެ ގައުމުގެ ޖޭއެމްސީ ކުންފުނިން ކުރަމުން ގެންދާ މި މަސައްކަތުގެ ދަށުން 2.46 މީޓަރުގެ ރަންވޭއެއް އަޅާނެ އެވެ. މި ރަންވޭ ތަރައްގީ ކުރަމުން ގެންދަނީ އޮޕަރޭޝަނަށް ބުރޫ ނާރާ ގޮތަށެވެ. އެހެންވެ ފުރަތަމަ ހުޅުވީ މި ރަންވޭގެ 1،200 މީޓަރެވެ.
ހަނިމާދޫއަށް ރޭގަނޑު ވެސް ފްލައިޓް ޖެއްސޭ ގޮތަށް ތަރައްގީ ކުރި އާ ރަންވޭގެ މިބައި ހުޅުއްވައި ދެއްވީ މިއަދު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އެވެ.
މި މަޝްރޫއުގައި ހަނިމާދޫގައި ޒަމާނީ ބޮޑު ރަންވޭއަކާއި ރީތި އިންޓަނޭޝަނަލް ޓާމިނަލްއެއް އަޅާނެ އެވެ. މިތަން ނިންމަން ކަނޑައަޅާފައި އޮތީ މި އަހަރު އެވެ. މި އެއާޕޯޓުން ފްލައިޓަށް ތެޔޮ އެޅުމުގެ ހިދުމަތާއެކު ގިނަ ފަސޭހަ ތަކެއް ލިބިގެން ދާނެ އެވެ.