އަދާލަތުން ހުޅުވާލީ އެންމެ ހަތަރު ދާއިރާ އަށެވެ. އެއީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި ފުނަދޫ ދާއިރާގެ އިތުރުން އިނގުރައިދޫ ދާއިރާ އަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާދަ ކުރައްވަން ނިންމަވައިފި އެވެ. އޭނާ ވާދަ ކުރައްވަން ނިންމަވާފައި ވަނީ މަކުނުދޫ ދާއިރާ އަށެވެ.
އަދާލަތު ޕާޓީން ދެންމެ ބުނީ 20 ވަނަ މަޖިލީހުގެ އިންތިހާބު ގައި އަދާލަތު ޕާޓީގެ ޓިކެޓް ގައި ވާދަކުރަން ހުޅުވާލުމުން ކުރިމަތިލީ މެންބަރުންގެ ތެރެއިން އެ ޕާޓީގެ ޓިކެޓް ދިނުމަށް ފެންނަ މެންބަރުން އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ބައްދަލްވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.
އަދާލަތުން ހުޅުވާލީ އެންމެ ހަތަރު ދާއިރާ އަށެވެ. އެއީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި ފުނަދޫ ދާއިރާގެ އިތުރުން އިނގުރައިދޫ ދާއިރާ އަށެވެ. މި ދާއިރާތަކަށް ކުރިމަތިލީ ކިހާ މީހުނެއް ކަމެއް ވެސް ނުބުނެ އެވެ.
ޕާޓީގެ ބަޔާނުގައި އޮތީ ކުރިމަތިލީ މެންބަރުންގެ ތެރެއިން އެ ޕާޓީގެ ޓިކެޓް ދިނުމަށް ފެންނަ މެންބަރުން އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ބައްދަލްވުމުގައި ފާސްކޮށްފައިވާ ކަމަށެވެ. އެއީ؛
އިމްރާނާ އެކު މަކުނުދޫ ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަ ކުރާނެ އެވެ. ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އިއްޔެ ވަނީ ޕްރައިމަރީން ކަނޑައަޅާފައެވެ. އެއީ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމްގެ ފިރިކަލުން އާދަމް ޝަފީގު އެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ތިންވަަނަ ދުވަހު އެވެ. ޕްރައިމަރީ ގައި މިހާރުގެ މެންބަރު އިބްރާހިމް ރާއީ ވާދަ ކުރައްވައެވެ.
މަކުނުދޫ ދާއިރާއަށް ވާދަކުރައްވަން އިމްރާން ނިންމެވިއިރު ތާއީދު އިތުރު ކުރުމަށް އޭނާ އެ ދާއިރާގެ ރަށްތަކުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމަކީ މިހާތަނަށް މަޖިލީހަށް އިންތިހާބުވި އަދާލަތު ޕާޓީގެ ހަމައެކަނި މެންބަރެވެ.