މައިނޯރިޓީ ޕާޓީއަކީ ކޮންގްރެސް، މައިނޯރިޓީ ލީޑަރަކީ ސިރާޖް

އެމްޑީޕީ މެމްބަރުންތަކެއް ކޮންގްރެސް އަށް ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގަ އެވެ. އޭރު މަޖިލީސް އޮތީ ޗުއްޓީގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް: މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ސިރާޖު

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް / ކޮންގްރެސް ޕާޓީ (ޕީއެންސީ) ކަމަށް މިއަދު އިއުލާނު ކޮށްފި އެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބޭ ޕާޓީ އެވެ. މީގެ ކުރިން މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތީ ދަ ޑިމޮކްރެޓްސް އެވެ. ނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ 13 މެމްބަރަކު ކޮންގްރެސްއާ ގުޅިވަޑައިގަތުމާއެކު ދެވަނައަށް އެންމެ ގިނަ މެންބަރުން މިހާރު ތިބީ ކޮންގްރެސް ޕާޓީގަ އެވެ. އެއީ 14 މެމްބަރުންނެވެ.

އެއާއެކު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ، ކޮންގްރެސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މިކަން އިއުލާނު ކޮށްފައި ވަނީ މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީސް ޖަލްސާގަ އެވެ.

ކޮންގްރެސް ޕާޓީއަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ސޮއި ކުރުމާއެކު އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތީ ގެއްލިފަ އެވެ. އެގޮތުން މިހާރު ތިބީ؛

  •  އެމްޑީޕީ: 44 މެމްބަރުން
  •  ކޮންގްރެސް ޕާޓީ: 14 މެމްބަރުން
  •  ދަ ޑިމޮކްރެޓްސް: 13 މެމްބަރުން
  •  ޕީޕީއެމް: 2 މެމްބަރުން
  •  އެމްޑީއޭ: 2 މެމްބަރުން
  •  ޖުމްހޫރީ ޕާޓީ: ދެ މެމްބަރުން
  •  އަމިއްލަ ގޮތުން: 3 މެމްބަރުން

އެމްޑީޕީ މެމްބަރުންތަކެއް ކޮންގްރެސް އަށް ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގަ އެވެ. އޭރު މަޖިލީސް އޮތީ ޗުއްޓީގަ އެވެ. މިއަދު ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައި ވަނީ މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މުހިންމު މަސައްކަތްތަކެއް ހުރުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.