މަޓާޓޯގެ ސީއީއޯގެ މަގާމަށް ސޫޒަން

ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ އިން ބުނީ އެ ޖަމިއްޔާގެ އިސް މަގާމަކަށް އަންހެނަކު އައްޔަނު ކުރުމަކީ ފަތުރުވެރި ކަމުގެ ދާއިރާ ގައި މިންތީގެ ހަމަހަމަ ކަން ގާއިމުކޮށް އަންހެނުންނަށް ފުރުސަތު ފަހި ކުރުމަށް އެ ޖަމާއަތުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

އައިމިނަތު ސޫޒަން

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ޗީފް އެގްޒެކްޓިން އޮފިސަރު 
(ސީއީއޯ) މަގާމަށް އައިމިނަތު ސޫޒަން ހަމަޖައްސައިފި އެވެ.

އެ މަގާމަށް ސޫޒަން ހަމަޖައްސާފައިވާކަން ހާމަކޮށް މަޓާޓޯ އިން ބުނީ މި އަހަރަކީ ލޯކަލް ޓްރެވަލް އެޖެންޓުންނަށް ޓާގެޓް އަހަރަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ސޫޒަން މުހިންމު ރޯލެއް އަދާ ކުރާނެ ކަމަށެވެ. ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ އިން ބުނީ އެ ޖަމިއްޔާގެ އިސް މަގާމަކަށް އަންހެނަކު އައްޔަނު ކުރުމަކީ ފަތުރުވެރި ކަމުގެ ދާއިރާ ގައި މިންތީގެ ހަމަހަމަ ކަން ގާއިމުކޮށް އަންހެނުންނަށް ފުރުސަތު ފަހި ކުރުމަށް އެ ޖަމާއަތުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

ކުރީން ޓީވީގެ ހުށައެޅުންތެރިއެއްގެ ގޮތުގައި ވެސް ބޮޑު މަޝްހޫރު ކަމެއް ހޯދި ސޫޒަން ވަނީ ފަތުރުވެރިކަމުގެ ދާއިރާއާ އެ ނޫން ބައެއް ދާއިރާތަކުގައި ވެސް ހިދުމަތް ކޮށްފައިވާ މީހެކެވެ. އެ ގޮތުން އެޗްއެސްބީސީ ގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އެވެ.

އަދި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓަރަކްޝަންގެ އިސް މަގާމެއް ވެސް އަދާ ކުރެއްވި އެވެ. 

ކޮމެންޓް

1
450
ފިރުޒުލް
7 months ago

މީނަ މީ ޖަނާ ބޯކާލައިގެން އުޅުނު މީހެއް! ފިސާރި ލާރި ހަދާލި ކަމަށް ވަނީ! މިހާރުވެސް ޤަތަރުގައި ހުންނަ ޖަނާގެ އެޖެންޓުންނާ ގުޅައިގެން ލާރި ހޯދުމުގެ ކަންތައްގަޑު ހަމަ ގަދަޔަށް ހިންގާ ކަމަށް ވަނީ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.