ހަނިމާދޫގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލާގައި ފުލުހުން ވަނީ އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް މިދިއަ ބުރާސްފަތި ދުވަހު ހިންގާފަ އެވެ.
ހދ. ހަނިމަދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ބުރާސްފަތި ދުވަހު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ބުރާސްފަތި ދުވަހު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ހޯދައި ހަނިމާދޫ ގެއެއް ބަލައި ފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކެވެ. އެ ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުންގެ އިދާރާއިން ބުނީ އެ ދެމީހުންގެ ތަހުގީގު ބަންދާމެދު ގޮތެއް ނިންމަން ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކަކަށް ފަސް ދުވަހުގެ ބަންދެއް އަދި އަނެއް މީހާއަށް 15 ދުވަހަށް ބަންދު މުއްދަތު ޖަހައިދީފައިވާ ކަމަށާއި އެ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.