ތޮޅިމަރާ ހުރާ ފަޅަށް ޔޫއޭއީ ވަރުގަދަ ރިސޯޓެއް

މިއީ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި 50 އަށްވުރެ ގިނަ ރިސޯޓް ހުޅުވައި އަދި ރިސޯޓް ތަރައްގީ ކުރަން ދޫކުރި 24 ފަޅުގެ ތެރޭގައި ހިމެނޭ ފަޅެކެވެ. މި ފަޅުތަކުގެ ތެރެއިން ބައެއް ފަޅުތަކުގައި ރިސޯޓުތައް ހުޅުވައި ހިންގަމުންދާއިރު ބައެއް ރަށްތަކުގެ މަސައްކަތް ހިނގަމުން ދެއެވެ.

އަބޫދާބީ ކުންފުންޏަކުން ރާއްޖޭގައި ހަދާ އިންޓަގްރޭޓެޑް ރިސޯޓުގެ ކުރެހުމެއް
  •  ތިން ރިސޯޓް އޮންނާނެ
  •  ދެ ރަށުގެ ދެމެދުގައި 500 މީޓަރު
  •  ރިސޯޓުތަކަށް ދާން 500 މީޓަރުގެ ފާލަންތަކެއް

މާލެ އަތޮޅު ތޮޅިމަރާ ހުރާ ފަޅުގައި ޔޫއޭއީގެ އަބޫދާބީ ކުންފުންޏަކުން އިންޓަގްރޭޓެޑް ރިސޯޓެއް ހަދާކަން އިއުލާނު ކޮށްފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން އަބޫދާބީ ގްލޯބަލް މާކެޓް (އޭޑީޖީއެމް) ގައި ރަޖިސްޓްރީ ކޮށްފައިވާ އެޓޯލް އެސްޓޭޓްސް ހޯލްޑިން އިން ރާއްޖޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ރިސޯޓެއް ހަދަން ވަނީ ފަށާފަ އެވެ. މަލްޓި މިލިއަން ޑޮލަރުގެ މި މަޝްރޫއު ހިންގާ އެޓޯލް އެސްޓޭޓްއަކީ ރާއްޖޭގެ ޕްރައިމް އެޓޯލްސް މޯލްޑިވްސްގެ 100 ޕަސެންޓް ސަބްސިޑަރީއެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓްރީ ދައްކާ ގޮތުން އެޓޯލްސް މޯލްޑިވްސް ރަޖިސްޓްރީކޮށްފައި ވަނީ މި އަހަރުގެ މާޗް މަހު އެވެ. މި ކުންފުނީގެ އެމްޑީއަކީ ޑިމިޓްރީ ބޯޓޯވް އެވެ. އަދި ބޯޑުގައި ދެން ތިއްބަވަނީ އަމިތު މަޖުމްޑަރު އެވެ.

ތިން ރިސޯޓާއި ޔޮޓް މެރީނާއެއް

މި މަޝްރޫއު ކުރިއަށް ގެންދާ ކ. ތޮޅިމަރާ ހުރާ ފަޅަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗުގައި ފުރައިގެން 40 މިނެޓުން ލޯންޗުގައި ދެވޭ ރާސްތާގައި އޮންނަ ތަޅެކެވެ. ދެކުނު މާލެ އަތޮޅުގައި އޮންނަ މި ފަޅުގައި ފަސް ކިލޯމީޓަރު ހަމަ ވެއެވެ. މި ފަޅު އޮންނަނީ މާލެ އަތޮޅު ފިހާޅޮހި ރިސޯޓާއި އަދާރަން ކްލަބް ރަންނާޅި ރިސޯޓާ ދެމެދުގަ އެވެ.

މި މަޝްރޫއުގެ ކޯ ފައުންޑަރުން ކަމަށްވާ ޑިމިޓްރީ ބޯޓޯވް އާއި އަމިތު މަޖުމްޑަރު ވިދާޅުވީ މި ރިސޯޓު ވެގެން ދާނީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަމަށް އިސްކަންދޭ ތަނަކަށެވެ.

ޓޫރިޒަމް މަޝްރޫއު ހިންގާ ޑިމިޓްރީ ބޯޓޯވް (ކ) އަދި އަމިތު މަޖުމްޑަރު

މި އިންޓަގްރޭޓެޑް ރިސޯޓު ނިމޭއިރު 50 ހެކްޓަރުގެ ފެހިކުލަގަދަ ރީތި ރިސޯޓެއް ފެނިގެންދާނެ ކަމަށް މި މަޝްރޫއުގެ ފައުންޑަރުން ބުނެފައިވެ އެވެ. މިތަނުގައި ތިން ރިސޯޓް އޮންނާނެ އެވެ. ކޮންމެ ރިސޯޓެއް ވެސް ތަރައްގީ ކުރަނީ ދެ ރަށުގެ ދެމެދުގައި 500 މީޓަރު ހުންނަ ގޮތަށެވެ. ރިސޯޓުތަކަށް ދާން 500 މީޓަރުގެ ފާލަންތަކެއް އަޅާފައި ހުންނައިރު މިތަނުގައި ކެއިން ބުއިމަށް ހާއްސަ 24 ތަނެއް ހުންނާނެ އެވެ. އަދި ހިތްގައިމު ޔޮޓް މެރީނާއެއް ވެސް ހަދާފައިވެ އެވެ.

ޕްރޮޖެކްޓް "ޑެލްފިން" ގެ ނަމުގައި ފަށާ މި މަޝްރޫއާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ 2025 ވަނަ އަހަރު ހުޅުވާ މި ރިސޯޓަކީ މަލްޓި ޖެނެރޭޝަނަލް ޒަމާނީ ޓޫރިސްޓުންނަށް ހާއްސަ ތަނަކަށްވާނެ އެވެ.

މިއީ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި 50 އަށްވުރެ ގިނަ ރިސޯޓް ހުޅުވައި އަދި ރިސޯޓް ތަރައްގީ ކުރަން ދޫކުރި 24 ފަޅުގެ ތެރޭގައި ހިމެނޭ ފަޅެކެވެ. މި ފަޅުތަކުގެ ތެރެއިން ބައެއް ފަޅުތަކުގައި ރިސޯޓު ހިންގަމުންދާއިރު ބައެއް ރަށްތައް ދަނީ ހަދަމުންނެވެ.

ކުށުގެ އިސްލާހު

މި ހަބަރު ފުރަތަމަ ޝާއިއު ކުރި އިރު މާލެ އަތޮޅުގެ ތޮޅިމަރާ ހުރާ ފަޅަކީ އެންސިސް އިން ވިއްކާލި ފަޅެއް ކަމަށް ލިޔެވިފައި ވަނީ މައުލުމާތުގެ އޮޅުމަކުންނެވެ. މިހާރު ވަނީ އެ ހަބަރު އެބައި އުނިކޮށް އިސްލާހުކޮށްފަ އެވެ. ވީމާ މި ކުށަށް އެންސިސްގެ ފަރާތުންނާއި ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.