ހަވާލުވިއިރު 27 މިިލިއަންގެ ދަރަނި، ދެ މަހުން ދަރަނި ފިލުވައިފި

ޝަހީމް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ވެރިކަން ނޮވެންބަރު 17، 2023 ގައި ފެށުނުއިރު އިސްލާމިކް މިނިސްޓްރީ ގައި އެކަނި ވެސް 27 މިލިއަން ރުފިޔާގެ ދަރަނި އޮތެވެ.

މިރޭގެ ފޯރަމް ގައި މިނިސްޓަރު ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އިސްލާމިކް މިނިސްޓްރީ ގައި އެކަނި 27 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާ ނަމަވެސް އެ ދަރަނި މިހާރު ފިލުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް "އަހާ ފޯރަމް" ނަމުގައި ސަރުކާރުން މިރޭ އަލަށް ފެށި ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. މިރޭގެ ފޯރަމް ގައި ފަސް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ފޯރަމްތަކަކީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ދެ މަހުން އެއް ފަހަރު ކުރިއަށް ގެންދާ ފޯރަމެކެވެ. މިރޭގެ ފޯރަމް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ނޮވެންބަރު 17، 2023 ގައި ފެށުނުއިރު އިސްލާމިކް މިނިސްޓްރީ ގައި އެކަނި ވެސް 27 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފުރަތަމަ ދެ މަސް ނިމިގެން ދިޔައިރު އެ ދަރަނި މުޅީން ހަލާސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ގާއިމުވިއިރު ގައި އިސްލާމީ ވުޒާރާ ގައި އެކަނި 27 މިލިއަން ރުފިޔާގެ ދަރަނި އޮތް. ރައީސްގެ [ވެރިކަމުގެ] ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ވާނީ މި ދަރަނިތައް ފިލުވާލުމަށްޓަަކައި މިނިސްޓްރީއަށް ފައިސާ ހަމަޖައްސަވާފައި. މިހާރު މި ވަނީ މި 27 މިލިއަން ރުފިޔާގެ ދަރަނި ފިލުވާލާފައި،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އިގްތިސާދީ ދަތިކަމުގެ ތެރެއިން ރައީސް މުއިއްޒު މި ކޮށްދެއްވި ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އެ ފައިސާ ނުލިބި ހުރުމުން މަޝްރޫއުތައް ހިންގަމުން ގެންދިޔަ ކުންފުނިތައް ހުއްޓި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާ ކުުރުމުގެ އެތައް މަޝްރޫއުއެއް ހުރީ ހުއްޓިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ފައިސާ ލިބުމާއި އެކު އަލުން އެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.