އާ ކޮންނަ ބޯޓާއެކު ދާންދޫ މަޝްރޫއު ފަށައިފި

އެމްޓީސީސީ އަކީ 1980 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ދިގު މާޒީއެއް ވެއެވެ.

މަޝްރޫއު އިފްތިތާހު ކުރުމުގެ ޖަލްސާ: މިއީ ތާރީ މަސައްކަތެއް އަދި ރަނގަޅު ފެށުމެއް -- އެމްޓީސީސީ

ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ އެމްޓީސީސީގެ އާ ކޮންނަ ބޯޓް "ބޮޑު ޖައްރާފު" އިފްތިތާހުކޮށް ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ފަށައިފި އެވެ. ދާންދޫ މަޝްރޫއަކީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދާންދޫ މަޝްރޫއު ނިމޭއިރު ދާންދޫ މީހުން މޫދަށް އެރި، ހިތް އުފާ ކުރެވޭ ގޮތަށް ބީޗްތައް ވެސް ހަދާނެ އެވެ. ދާންދޫ ބިން ހިއްކުމުގައި 975،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި ބިން ހިއްކުމާއި 807 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 555 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

ދާންދޫގެ ބިން ހިއްކުމުގެ މި މަޝްރޫއު ނިމޭއިރު، މިހާރުވެސް ދާންދޫގައި އޮތްވަރުގެ އިތުރު ބިމެއް ދާންދުއަށް ލިބޭނެ އެވެ. އަދި ދާންދުއާ އަލަށް މި ހިއްކާ ބިން ބްރިޖަކުން ގުޅާލާނެ އެވެ.

ދާންދޫގެ ބިން ހިއްކުމަށްޓަކައި ބޭނުންކުރާނީ އެމްޓީސީސީގެ އާ ކޮންނަ ބޯޓު ބޮޑު ޖައްރާފެވެ. ދާންދޫގެ މި މަސައްކަތަކީ އެ ކޮންނަ ބޯޓު ބޭނުންކޮށްގެން ހިންގާ ފުރަތަމަ މަޝްރޫ އެވެ. މި ކޮންނަ ބޯޓު އެމްޓީސީސީގެ ފްލީޓްގައި ހިމެނުމާއެކު އެމްޓީސީސީ ވަނީ ސަރަހައްދުގައި ޑްރެޖިން ކުރީ ސަފުގައި ހިމެނޭ ކުންފުންޏަކަށް ވެފަ އެވެ.

އެމްޓީސީސީ އަކީ 1980 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ދިގު މާޒީއެއް ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.