ތަކަންދޫ ކައުންސިލްގައި މިހާރު ތިބީ އެމްޑީޕީގެ ތިން ކައުންސިލަރުންނާއި މިނިވަން މެންބަރެކެވެ.
ހއ. ތަކަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް ކޮންގްރެސްގެ ކެންޑިޑޭޓް ފަހީމާ މުހައްމަދު އިންތިހާބު ވެއްޖެ އެވެ.
ތަކަންދޫ ކައުންސިލްގެ އަންހެނު މެންބަރު އިންތިހާބު ކުރުމުގެ ވޯޓް ނެގުމަށް އޮތީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މެންބަރު ކަމަށް ހުޅުވާލުމުން މުއްދަތު ހަމަވީއިރު ކުރިމަތިލީ ކޮންގްރެސްގެ ކެންޑިޑޭޓް ފަހީމާ މުހައްމަދު އެކަނި ކަމަށެވެ. އެހެން ކަމުން އިންތިހާބެއް ނެތި އޭނާ ހޮވިފައިވާ ކަން ކޮމިޝަނުން ދެންމެ ވަނީ އިއުލާނު ކޮށްފައެވެ.
ތަކަންދޫ ކައުންސިލްގައި މިހާރު ތިބީ އެމްޑީޕީގެ ތިން ކައުންސިލަރުންނާއި މިނިވަން މެންބަރެކެވެ.
މިދިޔަ އަހަރު ވެސް އެރަށު ކައުންސިލްގެ އަންހެނު މެންބަރު އިސްތިއުފާ ދިނުމުން ބައި އިލެކްޝަން ބާއްވަން ޖެހުނެވެ.