ސްކޫޒީ | ތައި- އިޓާލިއަން ޕިއްޒާ ރެސްޓޯރެންޓެއް

މި ބްރޭންޑުގެ ކާމިޔާބީއަކީ އިޓަލީގެ ޕިއްޒާގެ މީރުރަހަ އާއި ޕާސްތާގެ ރަހަތަކެވެ. މި ފްރެންޗައިޒްގެ ދިގު އަދި މުއްސަނދި ތާރީހެއް އޮތް ބްރޭންޑެކެވެ.

ހުޅުމާލޭގައި ހުޅުވި ސްކޫޒީ އިޓާލިއަން ރެސްޓޯރެންޓް -- އެމްވީޕްލަސް

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހިންގާ އިޓަލީގެ ޕިއްޒާ ބްރޭންޑެއް ކަމަށްވާ ސްކޫޒީ ޕިއްޒާގެ ބްރޭންޑުގެ ފްރެންޗައިޒް ރެސްޓޯރެންޓެއް ހުޅުވައިފި އެވެ. 

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހޮސްޕިޓަލް ހުންނަ މަގަށް ވަންނަ ކަންމަތީގައި އަލަށް ހެދި އިމާރާތުގައި ހުޅުވި ސްކޫޒީ ޕިއްޒާއަކީ ތައިލެންޑުގައި ހަރަކާތްތެރިވާ އިޓަލީގެ މި ޕިއްޒާ ބްރޭންޑުގެ އައުޓްލެޓެއް ހުޅުވި ފުރަަތަމަ ފަހަރެވެ. 

މި ބްރޭންޑުގެ އެންމެ ބޮޑު ކާމިޔާބީއަކީ ޕިއްޒާގެ އަސްލު އުފެދިގެން އައި އިޓަލީ ވިލާތުގެ މޮޅު ޝެފުންނާއި އެ ގައުމުގެ ހަގީގީ ރަހަ ގެނެސް ދިނުމެވެ. މި ރެސްޓޯރެންޓުގައި ޕިއްޒާގެ އިތުރުން ޕާސްތާގެ ގިނަ ރަހަތަކެއް ވެސް ލިބެން ހުރެ އެވެ. 

ސްކޫޒީ - މި ފްރެންޗައިޒްގެ ދިގު އަދި މުއްސަނދި ތާރީހެއް އޮތް ބްރޭންޑެކެވެ. މި ބްރޭންޑުގެ ތާރީހު 1873 ވަނަ އަހަރާ ހަމައަށް ދެމިގެންދެ އެވެ.

މި ރަހަތައް އުފެދިފައިވަނީ މިހާރުގެ ބްރޭންޑުގެ ބާނީގެ ކާފަ އަދި މުނި ކާފައާ ހަމައިންނެވެ. މި ރެސްޓޯރެންޓް ޗެއިން ޒަމާނީކޮށް މި ޒަމާނުގެ ރަހަތަކާއެކު އަލުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެން ފެށީ 1997 ވަނަ އަހަރުން ފެށިގެންނެވެ. މި ބްރޭންޑުގެ 24 ރެސްޓޯރެންޓެއް ބެންކޮކްގެ އެކި ހިސާބުތަކުގައި ހުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.