އީރާނު މައްސަލައަށް އެމެރިކާގެ އިހުލާސްތެރިކަމެއް ނެތް: ރައީސީ

އެމެރިކާގެ އޮފިޝަލުންނާއެކު ބާއްވާ ބައްދަލުވުންތަކުން އީރާނުގެ ރައީސަށް ވެސް އަދި އީރާނަށް ވެސް އެއްވެސް ފައިދާއެއް ފެނިވަޑައެއް ނުގަންނަވަ އެވެ. ރައީސީ ވިދާޅުވި ގޮތުގައި އީރާނުން މީގެ ކުރިން ވެސް އެކަން ތަކުރާރުކޮށް ކޮށްފި އެވެ. މިހާތަނަށް އެއްވެސް އޮއްޓަރެއް ފައިދާއެއް ނުވެ އެވެ.

އީރާންގެ ރައީސް އިބްރާހިމް ރައީސީ: އެމެރިކާގެ އިހުލާސްތެރި ކަމާމެދު ސުވާލު އުފެއްދެވި

ނިއުކްލިއާ އެއްބަސްވުމަކަށް ދާން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެކަން އެއީ ދާއިމަށް ދެމިގެންދާ އުވާލުމެއްކަން ދުނިޔެއަށް ދައްކައި އެ ޔަގީންކަން އީރާނަށް ގާއިމްކޮށް ދިނުން ކަމަށް އީރާނުގެ ރައީސް އިބްރާހިމް ރައިސީ ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާގެ ރެސުލް ސެރްދާރަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރޭގައި އީރާނުގެ ރައީސް ވިދާޅުވީ މޫނާއި މޫނުޖެހޭ ގޮތަށް އެއްތަނެއްގައި ތިބެގެން އެމެރިކާއާއެކު މަޝްވަރާ ކުރެވޭ ކަމަށައި އެފަދައިން މަޝްވަރާތައް ކުރަން ދެން އިތުރު ވަގުތު ނެތް ކަމަށެވެ. ވެރިރަށް ތެހެރާނާއެކު އެއްބަސްވުމަކަށް ދާން ވޮޝިންޓަނުން ބޭނުން ނަމަ އެ މަގު އެބައޮތް ކަމަށެވެ. އެ މަގަށް ހުރަސް އެޅިފައި އޮންނަނީ އެމެރިކާގެ އިހުލާސްތެރިކަމާ މެދު އޮތް ސުވާލުތައް ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއެކު އެ ކަން އެހެން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ލިބެން ޖެހޭނެ. އެކަމަކު ސިޔާސީ އަދި އަސާސެއް ނެތް ބައެއް ތުހުމަތުތައް ކުރެވެމުންދާތަން ފެންނަނީ" މިދިއަ ބުރާސްފަތި ދުވަހު ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އުޒުބަކިސްތާނުގެ ސަމަރްކާންދު އަލްޖަޒީރާއަށް ރައިސީ ވިދާޅުވި އެވެ. "އެހެންވީމަ، އަޅުގަނޑުމެން މި ކަންކަން ފުރަތަމަ ކަމަކަށް ފައިނަލް ކުރަން ޖެހޭނެ،"

އީރާނުން ބުނާ ގޮތުގައި ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ޔަގީންކަމާ ގުޅޭ ގޮތުން އީރާނަށް އިތުބާރު ހިފޭ ފަދަ ޔަގީން ހުށަހެޅުމެއް ދީފި ނަމަ އަދި އީރާން ބޭނުންވާ ދާއިިމީ ހައްލެއް އޮތްނަމަ ނިއުކުލިއަ މައްސަލާގައި އެއްބަސްވުމަކަށް ދެވޭނެ އެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2015 ވަނަ އަހަރު ތެހެރާނުން ޔޫރޭނިއަމް މުއްސަނދި ކުރުމުގެ ޕްރޮގްރާމް ކުޑަކުރުމަށް އެއްބަސްވެ، ނިއުކްލިއާ ހަތިޔާރު ނުހިންގާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.އަދި 2015 ވަނަ އަހަރު ވިއެނާގައި އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސާއި ޖަރުމަނާއި ރަޝިޔާ އާއި ޗައިނާ އާއި ޔޫރަޕިއަން ޔޫނިއަން އަދި އީރާނުން ސޮއި ކުރި އެއްބައްބވުމުގައި އައިއޭއީއޭ ކަށަވަރު ކޮށްދީފައި އޮތީ 2015 ވަނަ އަހަރުގެ އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން ތެހެރާނުން ވެފައިވާ ނިއުކްލިއާ ވައުދުތައް ފުރިހަމައަށް ފުއްދާނެ ކަމަށެވެ. އެކަމަކު އީރާނުގެ ނިއުކްލިއާ އެއްބަސްވުން އަލުން ދިރުވުމަށް އީރާނާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުން ގެންދިޔަ ނުސީދާ މަޝްވަރާތައް އޮއްޓަރެއް ފައިދާ ނުވެ މަގުމަތިވެފައެވެ.

ތެހެރާން ބުނާ ގޮތުން އެމެރިކާގެ އިހުލާސްތެރިކަމެއްް ނެތް

އެމެރިކާގެ އޮފިޝަލުންނާއެކު ބާއްވާ ބައްދަލުވުންތަކުން އީރާނުގެ ރައީސަށް ވެސް އަދި އީރާނަށް ވެސް އެއްވެސް ފައިދާއެއް ފެނިވަޑައެއް ނުގަންނަވަ އެވެ. ރައީސީ ވިދާޅުވި ގޮތުގައި އީރާނުން މީގެ ކުރިން ވެސް އެކަން ތަކުރާރުކޮށް ކޮށްފި އެވެ. މިހާތަނަށް އެއްވެސް އޮއްޓަރެއް ފައިދާއެއް ނުވެ އެވެ.

"ރައީސް ވިދާޅުވޭ މި މައްސަލާގައި އެމެރިކާގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދެއޭ. އަދި އެމެރިކާއިން ގެންގުޅޭ އުސޫލުގެ އިހުލާސްތެރިކަމާމެދު ވެސް ސުވާލު އުފެދެއޭ! އެމެރިކާއިން ޑީލެއް ފައިނަލް ކުރަން ބޭނުން ނަމަ މަޝްވަރާތަކުގެ މެދުގައި އީރާނަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ކީއްވެގެންތޯ ވެސް ރައީސީ އައްސަވާ،" އަލްޖަޒީރާގެ ސެރުދާރު ލިޔެފައި ވެއެވެ.

ޔޫކްރޭންގައި ބޭނުން ކުރުމަށް އީރާނުގެ ޑްރޯންތައް ރަޝިޔާއަށް ބަދަލު ކުރަން އެހީތެރިވެ ދީ އަލްބޭނިއާއަށް ދިން ސައިބާ ހަމަލާއެއްގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް އީރާނުގެ މިނިސްޓްރީތަކާއި ކުންފުނިތަކަށް އެމެރިކާއިން ދާދި ފަހުން ދަތިކުރުމުގެ އާ ފިޔަވަޅުތައް އަޅާފައިވެ އެވެ.

އަނެއްކޮޅުން އައިއޭއީއޭއިން މި ސެޕްޓެމްބަރުގެ ހަތް ވަނަ ދުވަހު ބުނި ގޮތުގައި "އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އޮތީ ހަމައެކަނި ސުލްހަވެރި ޕްރޮގްރާމެއް ކަމުގެ ޔަގީންކަން ދޭން ޖެހޭ ހާލަތެއްގައެއް" ނޫނެ ވެ.

އެކަމަކު ތެހެރާނުން ޒަމާނުއްސުރެ ބުނަމުން ގެންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ފޯކަސް ކުރަނީ ހަތިޔާރަކަށް ނޫނެވެ. އެއީ ނިއުކްލިއާ ހަކަތަ ފައްކާ ކުރުމްގެ ގައުމީ މަސައްކަތަކެވެ. އެއީ ގައުމެއްގެ ގޮތުގައި އީރާނަށް އޮތް ހައްގެކެވެ. އަދި އެ ހައްގު އަދާ ކުރާތީ އީރާނުގެ އިގްތިސޯދަށާއި ރައްޔިތުންނަށް ދިގު ޒަމާންތަކެއް ވަންދެން ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ވަނީ ވަރަށް ބޮޑަށް ގެއްލުންދީފަ އެެވެ.

އދ. އިން މި ހަފުތާގައި ޝާއިއުކުރި ރިޕޯޓެއްގައި ދިގު ޒަމާންތަކެއް ވަންދެން އީރާނަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރާނެ އަސަރުތައް ތަފްސީލުކޮށް އެކަންކަން ނައްތާލުމަށް ގޮވާލާފައިވެ އެވެ. އެ ރިޕޯޓުގައި ލިޔުންތެރިޔާ އަލޭނާ ދޯހާން ވިދާޅުވެފައިވާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ދިރިއުޅުމުގެ ގާތްގަނޑަކަށް ހުރިހާ ދާއިރާއަކަށް އަސަރު ކޮށްފައި ވެއެވެ.

އީރާނަށް ބޭނުންވާ ބޭހާއި މެޑިކަލް އާލާތްތައް ފޯރު ކޮށްދިނުމަށް ބުރޫއަރާފައިވާއިރު މާލީ ކަންކަމާއި ވިޔަފާރި އާއި ޝިޕިން އާއި އިންޝުއަރެންސް އަދި ބޭރުގެ ވިޔަފާރިތަކާއި ސަޕްލައި ކުރާ ފަރާތްތަކަށް ވަނީ އަސަރުކޮށްފަ އެވެ،

"މިއީ ހުރިހާ އީރާނުގެ ރައްޔިތުންނަށް ވެސް އެންމެ މަތީ ފެންވަރުގެ ސިއްހީ ހައްގު ލިބިގަތުމަށް ބޮޑެތި ހުރަސްތަކެއް،" އެ ރިޕޯޓްގައި ވެއެވެ.

އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ 1979 ވަނަ އަހަރު އެ ގައުމުގައި އިސްލާމީ އިންގިލާބު ގެނައި ދުވަހުން ފެށިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.