އޭސީސީން މައްސަލަ ނިމޭތާ ތިން ދުވަސްތެރޭ ފްލެޓް އެގްރީމަންޓްގައި ސޮއި ކުރަން ފަށާނެ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު އާންމުކުރި ކުރު ވީޑިއޯއެއް ގައި ބުނެފައި ވަނީ ފްލެޓްތަކުގެ އެގްރީމަންޓްތައް ވެސް މިހާރު ހުރީ ޕްރިންޓްކޮށް ނިމިފައި ކަމަށާ ލިސްޓްގެ ކަންކަން ނިމޭތާ ތިން ދުވަސް ތެރޭގައި ސޮއި ކުރަން ފެށޭނެ ކަމަށެވެ.

ފަހިދިރިއުޅުން ކުންފުނިން އަޅަމުން ގެންދާ ފްލެޓްތަކެއް: މި ފްލެޓުތަށް ލިބޭ މީހުން ވަނީ ކަނޑައަޅާފައި

މިދިޔަ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ދޭން ހަމަޖެއްސި ފްލެޓްތަކާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަ ނިމި ލިސްޓްގެ ކަންކަން ނިމޭތާ ތިން ދުވަސްތެރޭ ފްލެޓް އެގްރީމަންޓްތަކުގައި ސޮއި ކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާނު ކުރި 4000 ފުލެޓާ ގުޅިގެން އޭސީސީން ހިންގަމުންދާ ތަހުގީގު ނުނިމި ދިގުލައިގެންދާތީ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ދެތިން ދުވަހަކު އޭސީސީއަށް ވަދެ އެ މީހުން ވަނީ އިހުތިޖާޖުކޮށް ނުރުހުން ވެސް ފާޅު ކޮށްފަ އެވެ.

މި ސަރުކާރުން ދަނީ ފްލެޓް ލިސްޓަށް ބަދަލު ގެންނަން މަސައްކަތް ނުކުރާ ކަމަށާ ފްލެޓް ދޫކުރުން ވެސް ފަސް ނުކުރާނެ ކަމަށް ބުނަމުންނެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތީ އޭސީސީން މައްސަލަ ބަލަމުންދާތީ ކަމަށާ މައްސަލަ ނިމުމާއެކު ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު އާންމުކުރި ކުރު ވީޑިއޯއެއް ގައި ބުނެފައި ވަނީ ފްލެޓްތަކުގެ އެގްރީމަންޓްތައް ވެސް މިހާރު ހުރީ ޕްރިންޓްކޮށް ނިމިފައި ކަމަށާ ލިސްޓްގެ ކަންކަން ނިމޭތާ ތިން ދުވަސް ތެރޭގައި ސޮއި ކުރަން ފެށޭނެ ކަމަށެވެ.

ހައްގު ނޫން އެތައް ބަޔަކަށް ފްލެޓް ދިނުމާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އިންސާފުން އެއްކިބާ ވެފައިވާ ކަމަށް ކުރެވޭ ތުހުމަތާ އެކު އޭސީސީން ތަހުގީގެއް ފެށިތާ ތިން މަހެއްހާ ދުވަސް ވަނީ ވެފައެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ފެށި ހައުސިންގެ ފުރަތަމަ މަޝްރޫއު ތާރީހަށް ނުނިމި އެ ސަރުކާރަށް ފްލެޓްތައް ހަވާލު ކުރެވޭ ގޮތް ނުވީ އެވެ. މި ސަރުކާރު އައިސް ފްލެޓް މަސައްކަތުގެ ސްޕީޑް އަވަސްކޮށް ސައުވީސް ގަޑިއިރު މަަސައްކަތް ދަނީ ހިނގަމުންނެވެ. ބައެއް ފްލެޓްތައް ދެތީން މަސްތެރޭ މުޅީން ނިންމާލެވޭނެ އެވެ. 32 ޓަވަރުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ އެވެ.

ކޮމެންޓް

4
450
ލައިކް
7 months ago

އޭސީސީ އަށް ވެސް ބައި އަޅާފަ ދޭންވެގެން ލަސްވާ ލަސްވުމެއް ތީ

އާލި
7 months ago

13000 މީހުންނަށް ފްލެޓް ލިބިފަ ޕޯޓަލްގައި އޮތް އިރު އަދި އެ އެންމެންނަށް ފްލެޓް ދޭނެކަމަށް ކުރީގެ ރައީސް ބުނެފަ އޮއްވައި،ހަމަ އެކަނި 4000 މީހުންގެ ވާހަކަ އެކަނި މިދައްކަނީ ކީއްވެ؟ ބާކީ ތިބި މީހުންގެ ހައްގު ކޮބާ؟ ނުހައްގުން ދިންފްލެޓް އޭސީސީއިން ބަލާފަ އުނިކުރީމަ، އިތުރު ބަޔަކަށް ފްލެޓް ނުލިބެންޏާ ތީ އަޖައިބެއްނު؟ ނުހައްގުން ލިބިފަ ތިބި މީހުން އުނިކުރީމަ އެ ހުސްވާ ފްލެޓްތައް، 1ޕޮއިންޓް މަދުވެގެން ނުލިބުނު މީހުންނަށްވެސް ނުދެންޏާ ތީ މައްސަލައެއް

ރަޒީ
7 months ago

އެހެންވީމަ ސަރުކާރާއި ފަހި ކޯޕަރޭޝަންގެ ވިސްނުމަކީ ފްލެޓް ލިސްޓް އޮތީ ރަނގަޅަށޭ އޭސީސީ އާ ހެދި އެގްރީމެންޓް ނެހެދިގެން އުޅެނީއޭ. ލިސްޓް ރަނގަޅު ވީމަތާ އެގްރީމެންޓް އާ އެއްޗެހި މިހާރުވެސް ޕްރިންޓްކޮށް ރެޑީކޮށްފަ ހުންނާނީ. އެބުނާ އެގްރީމެންޓްއެއް އަނެއްކާ ހަދަން ޖެހެނީ ކީއްވެބާ؟ ކުރީ ސަރުކާރުން ވަނީ ފްލެޓް އެގްރީމެންޓްތައް ހަދާ ނިންމާފަ ނޫންތަ

ހުނޭ
7 months ago

ތިކަން އިނގޭ! މިހާރުވެސް ތި އޭސީސީ އަށް 3 މަހަށް ވުރެ ގިނަވީ.... ތިދުވަހެއް އަންނާނެބާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.