އެސްއެމްއީ ބޭންކުގެ އެމްޑީއަކަށް ފިފްޝީން

ބޭންކް އޮފް މޯލްޑިވްސްގައި ހުންނެވި ދުވަސްވަރު، އެ ބޭންކް ކުރިއެރުމާއި ތަރައްގީއަށް މަގުފަހި ކޮށްދިން ސްޓްރެޓެޖީތައް އެކުލަވާލައި އެގްޒެކެޓް ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވި އެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު / ޗީފް އެކްޒެޓިވް އޮފިސަރުގެ މަގާމަށް އައިޝަތު ފިފްޝީން

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދޭން އުފެއްދި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރު / ޗީފް އެކްޒެޓިވް އޮފިސަރުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ އައްޔަން ކޮށްފި އެވެ. 

އެސްޑީއެފްސީ އުފެދުނީއްސުރެން ފެށިގެން އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ޒީނާދު އެ މަގާމު އިސްތިއުފާ ދެއްވުމާއެކު އެ މަގާމަށް ޕީސީބީއިން އައްޔަން ކުރި ފިފްޝީނަކީ އެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. 

ފިފްޝީން ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ބެޗްލާސް އޮފް ކޮމާސް ހާސިލް ކުރައްވާފައިވާ އަދި އޮސްޓްރޭލިއާގެ އެޑިތު ކޯވާން ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އިންޓަނޭޝަނަލް ބިޒްނަސް) ހާސިލް ކުރައްވާފަ އެވެ. 

އަދި މެލޭޝިއާގެ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް އިން ޕްރޮފެޝަނަލް ބޭންކަރިން ދާއިރާއިން ޑިގްރީ ފުރިހަމަ ކުރައްވާފައިވާ އިރު، މިހާރު ގެންދަވަނީ އެ އިންސްޓިޓިއުޝަނުން ޗާޓަޑް ބޭންކާ ކޮލިފިކޭޝަން ހާސިލް ކުރައްވަމުންނެވެ

އޭނާ މާލީ ދާއިރާގެ ކެރިއަރު ފެއްޓެވީ 2003 ވަނަ އަހަރު ގައުމީ ބޭންކުންނެވެ. އޭނާ އަކީ މާލީ ދާއިރާއިން ބޭންކިން ދާއިރާގެ ގިނަ ދާއިރާތަކެއްގެ ތަޖުރިބާތައް ވެސް ހޯއްދަވާފައިވާ ބޭފުޅެކެވެ. ފިފްޝީންވަނީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކާޑްސް، ހެޑް އޮފް ޗެނަލް މެނޭޖްމަންޓް އަދި ހެޑް އޮފް އެކްވައިރިން އެންޑް ޑިޖިޓަލް ޕޭމަންޓްސް ފަދަ ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގައި ހުންނެވި ދުވަސްވަރު، އެ ބޭންކް ކުރިއެރުމާއި ތަރައްގީއަށް މަގުފަހި ކޮށްދިން ސްޓްރެޓެޖީތައް އެކުލަވާލައި އެގްޒެކެޓް ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެވެ. 

ކުދި ވިޔަފާރިއަށް ހާއްސަ ބޭންކެއް

އެސްޑީއެފްސީން ލޯނު ދެނީ ކޮން ކަމަކަށް؟ - އެސްޑީއެފްސީ އިން މައިގަނޑުގޮތެއްގައި ލޯނު ދެނީ އިގްތިސޯދީ އަށް ދާއިރާއަކުންނެވެ. މީގެ ތެރޭގައި ލޯކަލް ޓުއަރިޒަމާއި ދަނޑުވެރިކަން އަދި މަސްވެރިކަމުގެ އިތުރުން އުފެއްދުންތެރިކަން، އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ހުނަރުތައް ކުރިއަރުވަން އިސްކަންދީގެން ހާއްސަ ފުރުސަތުތަކެއް ދެ އެވެ.

މީގެ އިތުރުން ކޮމާސް އާއި ދަތުރުފަތުރު އަދި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ވެސް މާލީ އެހީތެރިކަން ދެ އެވެ. މިގޮތުން އަލަށް ވިޔަފާރި ފެށުމަށާއި ވިޔަފާރި ތަރައްގީ ކުރުމަށް، ވިޔަފާރި ހިންގުމަށް ބޭނުން މުދަލާއި މެޝިނަރީ ގަތުމަށް އަދި ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު އޮވެ އެވެ.

އެސްއެމްއީ ބޭންކުގެ ޕްރޮޑަކްޓްތައް

  •  ރަށު ފަތުރު ލޯނު
  •  ވިޔަފާރި އެހީ
  •  ދަނޑުވެރި ނަފާ
  •  ހަރުމުދާ
  •  ވިޔަފާރި ތަރައްގީ
  •  ފަސޭހަ ވިޔަފާރި
އެސްއެމްއީ ބޭންކް - އެސްޑީއެފްސީ 2019 ގައި އުފެއްދި މަގުސަދު އެސްޑީއެފްސީ އުފެއްދުމުގެ މަގްސަދަކީ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިގޮތުން މިވިޔަފާރިތަކަށް ލޯނު ދިނުމުގެ އިތުރަށް މާރކެޓްގައި ހުރި ފުރުސަތުގެ މަޢުލޫމާތު ފޯރުކޮށްދީ، މިފަރާތްތަކުގެ ފައިނޭންޝިއަލް ލިޓެރަސީ އިތުރުކުރުމަށް މަސައްކަތްކޮށް އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތުތައް ތަނަވަސްކޮށް ދިނުމެވެ. އެ ބޭންކުގެ ލޯނު ކަރުދާސް ދައްކާ ގޮތުން 1423 ފަރާތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޭން ވަނީ ނިންމާފަ އެެވެ.   

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެސްއެމްއީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޖޫން 30 ގެ ނިޔަލަށް 1423 ފަރާތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވެ އެވެ. އަދި 1272 ފަރާތަށް 1.34 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ކޮވިޑް-19 ގެ ޙާލަތުގެ ސަބަބުން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތައް ހައްލުކުރުމަށް "ކޮވިޑް-19 ވިޔަފާރި އެހީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން 2146 ފަރާތަށް 373 މިލިއަން ރުފިޔާގެ ލޯނު ވެސް ވަނީ އެޕްރޫވްކޮށްފައެވެ. މިހާތަނަށް އެންމެ ގިނައިން ދޫކޮށްފައިވަނީ 500،000 އާއި އެއް މިލިއަން ރުފިޔާ އާއި ދެމެދުގެ ލޯނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.