މޭޔަރު ގޮވާލެއްވީ އިހްތިސޯސް ފުޅާކޮށް ރަސްމާލެ މަޑުޖައްސާލަން

މޭޔަރުގެ ގޮވާލެއްވުމުން ނުސީދާ ރައްދެއް ދެއްވާ ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ކުރާނީ ދެކޮޅު ޖެހޭ މަސައްކަތްތައް ކަމަށެވެ.

ރޭގެ ރަސްމިއްޔާތު ގައި ރައީސް މުއިއްޒު އަދި މާލޭގެ މޭޔަރު އާޒިމް ވާހަކަފުޅު ދައްކަވަނީ

މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސް ފުޅާކޮށް މާލެ ސިޓީގެ ރައްޔިތުންނަށް އެމްޑީޕީން ގެންގުޅުނު ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކޮށް ދިނުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ގޮވާލައްވައިފި އެވެ. 

މޭޔަރު ކަމުގެ ގާނޫނީ ހުވާ ކުރައްވާ މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ ދެެއްކެވި ވާހަކަފުޅުގައި އާޒިމް ވަނީ މާލެ ރައްޔިތުން ބޭނުން ވަނީ ބްރިޖުން ގުޅާލެވޭ ރަށްތަކެއްގައި އުޅެން ކަމަށެވެ.

އާޒިމް އެ އިޝާރާތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގޯތި ދޫކުރި ގުޅިފަޅާއި ގިރާވަޅުފަޅު އަދި އުތުރުތިލަފަޅު ވާހަކަ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ތަރައްގީ ކުރަން ނިންމާފައި އޮތީ ފުށިދިއްގަރުފަޅު ގައެވެ. އެ ފަޅު ހިއްކަން ފަށައި ރަސްމާލޭގެ ނަމުން އެމަނިކުފާނު ވަނީ ނަންވެސް ދެއްވާފަ އެވެ.

އެރަށް ތަރައްގީ ކުރުމާއި އެމްޑީޕީއާ އާޒިމް ދެކޮޅެވެ. އެއީ މާލެއާ މާދުރު ތަނެއް ކަމަށާ ދިގު ދަތުރެއްކޮށް އެރަށުގައި މާލެ މީހުން އުޅެން ބޭނުން ނުވާ ކަމަށް ވިދާޅުވެ އާޒިމް ވަނީ ކުރީން ވެސް ރަސްމާލެ މަޝްރޫއުއަށް ފާޑު ވިދާޅުވެފަ އެވެ.

އާޒިމް ރޭ ވެސް ވަނީ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑު އެދެނީ ހުޅުމާލެ ފޭސް ތިނަކާއި ގުޅިފަޅާއި ގިރާވަޅުފަޅާއި އުތުރުތިލަފަޅަށް އަމާޒުވެ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް ކުރިއަށް ގެންދިއުން. ބްރިޖަކުން ގުޅާލެވޭ މި ތަންތަނުގައި ބޯހިޔާވަހިކަމުގެ ހަޔާތެއް ފަށަން،"

މާލޭގެ މޭޔަރު އާދަމް އާޒިމް

އަދި އުތުރުތިލަފަޅުން ބިން ދޫކުރުމަށް ވެސް ގޮވާލެެއްވި އެވެ.

މީގެ އިތުރުން ގުޅީފަޅާއި އުތުރުތިލަފަޅާއި ގިރާވަޅުފަޅާއި ހުޅުމާލެ އިން އަލަށް ހިއްކި ބިން މާލޭގެ އިހްތިސާސުގެ ތެރެއަށް ލުމަށް ވެސް ގޮވާލެއްވި އެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ލާބަ ލިބޭ އެއްވެސް ކަމަކަށް އޭނާ ހުރަސް ނާޅުއްވާނެ ކަމަށެވެ.

ރައީސްގެ ފުރިހަމަ، ވަރުގަދަ ޖަވާބެއް

މާލެ ރައްޔިތުން ބޭނުންވަނީ ގުޅިފައިވާ ރަށްތަކެއްގައި ދިރިއުޅެން ކަމަށް ވިދާޅުވެ އާ މޭޔަރު އާދަމް އާޒިމް ރަސްމާލެ މަޝްރޫއު ހުއްޓާލަން ނުސީދާކޮށް ރޭ ގޮވާލެއްވުމުން އެކަމަށް ނުސީދާ ރައްދެއް ދެއްވާ ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ކުރާނީ ދެކޮޅު ޖެހޭ މަސައްކަތްތައް ކަމަށެވެ.

މާލެއާ ހުޅުމާލެ އާއި ވިލިމާލެ އާއި ގުޅިފަޅާއި ގިރާވަަޅުފަޅާއި އުތުރުތިލަފަޅު ގުޅޭ ގޮތަށް މާލެ އާއި ރަސްމާލެ ވެސް ގުޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ކުރައްވާނީ އަންޑަވޯޓާ ޓަނަލެއް މެދުވެރިކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ޓަނަލް ހަދާނީ ކަނޑު އަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށެވެ. އަދި އެ މަސައްކަތް ވެގެން ދާނީ ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު މަޝްރޫއު އަކަށް ކަމަށް ވެސް ވިދާޅުވި އެވެ. އެއާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައެއް އިތުރު ވެގެންދާނެ ކަމަށެވެ. 

"އަޅުގަނޑުމެން ކުރާނީ ދެކޮޅު ޖެހޭ މަސައްކަތް،" ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުންނަށް ރައްދު ދެއްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ރޭ ވިދާޅުވީ އެ މަޝްރޫއު ހިންގުމަށް ގާބިލް ކުންފުނިތަކާއި ވާހަކަ ދައްކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.