މެންބަރުން ތިބި އަދަދަށް ބޮޑު ބަދަލެއް އައިސްފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ކޮންގްރެސް އަށެވެ. ކުރީން ތިންހާހެއްހާ މެންބަރުން ތިބި ޕާޓީ ގައި މިހާރު 28،000 ވުރެ ގިނަ މެންބަރުން އެބަ ތިބި އެވެ.
މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު މައި ޕާޓީ -- އެމްޑީޕީ ގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގެ ހިސާބުތަކުން ދައްކައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގައި މިވަގުތު 10 ޕާޓީއެއް އެބަ އޮތެވެ. އޭގެ ތެރޭގައި ގާނޫނު ގައި ބުނާ އަދަދު -- 3،000 މެންބަރުން ހަމަނުވާ ޕާޓީތައް ވެސް ހިމެނެ އެވެ. އަދި ދައުލަތުން ފައިސާ ލިބޭ ގާނޫނީ އަދަދު ކަމަށްވާ 10،000 މެންބަރުން ހަމަވަނީ ހަތަރު ޕާޓީއެއް ގައެވެ.
އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޕީއެންސީ އާއި ޖުމްހޫރީ ޕާޓީގައެވެ. އެންމެ މެންބަރުން ގިނައީ އެމްޑީޕީ ގައެވެ.
ދަފްތަރުގައި ދެން ހިމެނެނީ އެމްއެންޕީ އާއި އެމްއާރްއެމް އާއި އެމްޓީޑީ އާއި ދަ ޑިމޮކްރެޓްސް އެވެ. އެ ޕާޓީތަކުގައި މެންބަރުން ތިބި އަދަދެއް ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.
މެންބަރުން ތިބި އަދަދަށް ބޮޑު ބަދަލެއް އައިސްފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ކޮންގްރެސް އަށެވެ. ކުރީން ތިންހާހެއްހާ މެންބަރުން ތިބި ޕާޓީ ގައި މިހާރު 28،000 ވުރެ ގިނަ މެންބަރުން އެބަ ތިބި އެވެ. ޕީޕީއެމުން 1،500 މެންބަރުން ވަކިވެފައެވެ. ޖުމްހޫރީ ޕާޓީން ވަނީ 2،000 މެންބަރުން ވަކިވެފައެވެ.
ދައުލަތުގެ ބަޖެޓް ފާސްކުރިއިރު އަދާލަތު ޕާޓީ އާއި އެމްޑީއޭ ގައި 10،000 މެންބަރުން ހަމަވި ނަމަވެސް އަހަރު ނިމުނުއިރު އެ ދެ ޕާޓީގެ މެންބަރުންގެ އަދަދުު ވަނީ ނުވަހާހަށް ވުރެ ދަށް ވެފައެވެ.