މި މައްސަލާގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މައުމޫންގެ މައްޗަށް ހަތް ދައުވާ އެއް އުފުލައިދިނުމަށް ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ.
ހިޔާނާތުގެ ތުހުމަތު އޮތް މޯލްޑިވްސް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު) ގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭހުގެ އެމްޑީކަން ކުރެއްވި މައުމޫން އެ މަގާމުގައި ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމުގެ ތުހުމަތު ވަނީ އުފުލާފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން މި މައްސަލަ ތަހުގީގުކޮށްފައިވާއިރު، އެ ކޮމިޝަނުން މިއަދު ބުނެފައި ވަނީ ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާ، މައުމޫނާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މައުމޫންގެ މައްޗަށް ހަތް ދައުވާ އެއް އުފުލައިދިނުމަށް ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. އެއީ؛
އޭސީސީ އިން ބުނީ މި މައްސަލައިގައި ހިމެނޭ 3.1 މިލިއަން ރުފިޔާ އަނބުރައި ދައުލަތަށް ހޯދައިދިނުމަށް ވެސް އެދިފައިވާ ކަމަށެވެ.