ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފި

ފުރަތަމަ ޕްރަގްރާމް ކުރިއަށް ގެންދަނީ ގއ. އަދި ގދ އަތޮޅުގައެވެ. މި ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރާނެ އެވެ.

ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުން

މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ރަސްމީކޮށް ފަށައިފި އެވެ.

ފުރަތަމަ ޕްރަގްރާމް ކުރިއަށް ގެންދަނީ ގއ. އަދި ގދ އަތޮޅުގައެވެ. މި ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރާނެ އެވެ.

މަޑަވެލީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއް ގައި ރެސްކިއު ޑައިވަރުން ތަމްރީން ކުރުމަށް ހަ ޕާޓީއަކާ އެކު ވަނީ އެއްބަސްވުން ގާއިމު ކޮށްފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ހިންގަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމާ އެކަން ސަރުކާރުން އިއުލާނު ކުރީ ޑިސެންބަރު 25 ވަނަ ދުވަހު އެވެ.

ރައީސް ނިންމަވާފައި ވަނީ ދައުލަތުން ހަރަދު ކޮށްގެން ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން މި ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށެވެ. އަދި ސަރުކާރު ގަބޫލުކުރާ މިފަދަ ތަމްރީނުތައް ހިންގާ ސެންޓަރުތަކުގައި މި ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް ކެބިނެޓުގެ ލަފާފުޅާ އެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެވެ.

މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވަރު" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ ހަފުތާ 14 ގައި ހިމެނޭ ކަމެކެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.