މަޖިލީސް އިންތިހާބު ރޯދައިގެ ފަހަށް ތާވަލުކޮށްދޭން ޔާމީންގެ ފަރާތްޕުޅުން އެދިއްޖެ

އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައި އޮތީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު މަޖިލީސް އިންތިހާބު ބާއްވާށެވެ. އެއީ ރޯދަ މަހުގެ މެދު ތެރެ އެވެ.

ޕީއެންއެފް އުފައްދަން އިސްކޮށް އުޅޭ ބޭފުޅުން އީސީން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- މި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހަށް ތާވަލުކޮށްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަން ގައި އެދިއްޖެ އެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން އެ ހުށައެޅުން ކޮމިޝަނަށް ހުށައެޅުއްވީ ޔާމީން އުފައްދަަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެން) ގެ އިސް ބޭފުޅުން މިއަދު އިލެކްޝަން ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކުރެއްވުމަަށް ފަހު އެވެ.

ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ސައިންސް މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ ރޯދަ މަހު އިންތިހާބު ބާއްވާތީ އެކަމުގެެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އިންތިހާބުތައް ބޭއްވުމަށް ގިނަ ގޮންްޖެހުންތަކެއް ކުރިމަތިވާއިރު ރޯދަ މަހު އިންތިހާބެއް ބާއްވާނަމަ ގޮންޖެހުން ބޮޑުވާނެތީ މަޖިލީސް އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރަން އެދިފައިވާނެ ކަމަށް މަލީހް ވިދާޅުވި އެވެ.

އަދި އެއީ އެހެން ބައެއް ޕާޓީތަކުގެ ކަންބޮޑުވުމެއް ކަން ވެސް މަލީހް ފާހަގަ ކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައި އޮތީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު މަޖިލީސް އިންތިހާބު ބާއްވާށެވެ. އެއީ ރޯދަ މަހުގެ މެދު ތެރެ އެވެ. އެ ނިންމުމާއި އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް ސަރުކާރު ހިންގާ ޕާޓީތަކުން އެ ތާރީހާމެދު ހިތްހަމަޖެހޭ ކަމަށް އެނގިފައިވެއެވެ.

އީސީން ބުނީ، ރޯދަ މަސް ތެރޭގައި އިންތިހާބު ބާއްވަން ނިންމާފައި ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން އިދާރީ ބޮޑު ހުރަސްތަކެއް ހުރުމުން ކަމަށެވެ. އެގޮތުން، އެޑިއުކޭޝަން މިނިސްޓްރީން އިސްލާހުކޮށް އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، އީދޫ ބަންދަށްފަހު ފެށޭ ހަފްތާއަކީ ސްކޫލުތަކުގެ އިމްތިހާނު އޮންނަ ދުވަސްވަރެވެ. އެހެންވެ، އިންތިހާބަށް ސްކޫލްތައް ލުބުން ދަތިވެ، ވޯޓްލާ މަރުކަޒުތައް ގާއިމްކުރުމަށް ކޮމިޝަނަށް އެކަށީގެންވާ ތަންތަން ނުލިބޭ ކަމަށެވެ.

އަދި، ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވާތީ، ސަރުކާރުގެ އެކި ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް އީސީން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.