މަންޓާގައި ޖުމްލަ 21 ބޯޓެއް އޮވެ އެވެ. މި ކުންފުންޏަކީ މިހާރު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އެންމެ ނުފޫޒު ގަދަ އެއް ކުންފުންޏެވެ.

ވައިގެ ދަތުރުފަތުރުގެ މައުލޫމާތު ގެނެސްދޭ އޭވިއޭޓާ އިން ބުނި ގޮތުގައި އެ ކުންފުނިން މިހާރު ވެސް ބޭނުން ކުރަމުން ގެންދާ އޭޑި ހެވިލެންޑް ޑީއެޗްސީ6-300 ޓްވިން އޮޓާ މަރުކާގެ ބޯޓު ރާއްޖެ އަންނަން ދަތުރު ކުރަމުން ގެންދަނީ އެމެރިކާ އިންނެވެ.
ރާއްޖެ އަންނަ ދިގު މި ދަތުރުގައި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ޓްރާންސިޓް ކުރާނެ އެވެ. މި ބޯޓު ރާއްޖެ އަށް ފޯރާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ހަފުތާތެރޭގަ އެވެ.
ރާއްޖެ މި ބޯޓު ގެންނައިރު ހުންނާނީ ފުރޮޅު ހަރުކޮށްފަ އެވެ. އެހެންވެ މި ބޯޓުން ރާއްޖޭގައި ހިދުމަތް ފެށުމުގެ ކުރިން މޫދައް ޖައްސާ ކަނދު ހަރުކުރާނެ އެވެ. މި މަސައްކަތް ކުރާނީ މަންޓާގެ ބައި މަރުކަޒު ހުންނަ ކުޑަހުވަދޫ ދާލު އެއާޕޯޓުގަ އެވެ.
މި ބޯޓު ރާއްޖެ ގެނައުމާއެކު ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރީގައި އެ ކުންފުނި ވަރުގަދަ ކުރަން ކުރަމުން ގެންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެ އެވެ. މިހާރުވެސް އެ ކުންފުންޏަކީ މި ވިޔަފާރީގައި ވަރުގަދަ އެއް ކުންފުންޏެވެ.