"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގުރާމް ފަށައިފި

މި ޕްރޮގްރާމުން ދާއިރާއަށް އިތުރު އަންހެނުން ނުކުތުމާއެކު ގިނަ އަންހެނުން ނުކުތުމަށް ހިތްވަރު ލިބިގެން ދާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

"ފަހި ފަތުރުވެރި ކަމަށް އަންހެނުން" ގެ ނަމުގައި ޓޫރިޒަމް ދާއިރާއަށް އަންހެނުން އިތުރު ކުރުމުގެ ޕްރޮގްރާމެއް އިފްތިތާހް ކޮށްފިއެެވެ.

މި ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ޕްރޮގްރާމަކީ ސަރުކާރުން "ހަފްތާގައި 14" އިގައި ހިމެނޭ ޕްރޮގްރާމެކެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުވެފައިވާއިރު އެއީ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ފުރުސަތު ސީދާ ގޮތުންނާއި ނުސީދާ ގޮތުން އޮތް ސިނާއަތު ކަމަށާއި ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތަަށް ބަލާނަމަ 2022 ވަނަ އަހަރު ނިމުނުއިރު، ޓޫރިޒަމާ ހުރި ދާއިރާތަކުން 40 ޕަސެންޓް ޖީޑީޕީއެއް ހިއްސާ ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާ ޕްރޮގްރާމަކީ އަންހެނުން ޓޫރިޒަމް ދާއިރާއަށް ނެރެން ރިސޯޓާއި ގެސްޓްހައުސް އާއި ހޮޓާތަކާއި ޑައިވްސް ސެންޓަރުތަކުގައި މަސައްކަތް ކުރާ މާހައުލުގައި ދަރިވަރުން ތިން މަސް ދުވަސް ހޭދަކޮށް އަމަލީ ތަޖުރިބާ ލިބިގެން ދާނެ  ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުން ދާއިރާއަށް އިތުރު އަންހެނުން ނުކުތުމާއެކު ގިނަ އަންހެނުން ނުކުތުމަށް  ހިތްވަރު ލިބިގެން ދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.