ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިއުމުގެ ހުކުމް ހަނދާންކޮށްދީފި

މި ޒުވާނުންނަކީ ވަރަށް ރަގަޅަށް ތަމްރީނު ލިބިފައިވާ އެކަމަށް ގާބިލު ބައެއް ކަމަށެވެ. އެމީހުން އެދެނީ އެމީހުންނަށްޓަކައި ދުއާ ކޮށްދިނުމަށެވެ. މިއަދު ހާލަތު އޮތް ގޮތުން އިތުރު ބަޔަކު އެމީހުން ގާތަށް ދިއުމަށް އެމީހުން ނޭދޭ ކަމަށެވެ.

ސީރިއާ: ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިއުމުގެ ހުކުމް ފަތުވާ ކައުންސިލުން ވަނީ ހަނދާންކޮށްދީފައި --

ދާހިލީ ހަނގުރާމަތައް ހިނގާ ގައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިއުމަކީ ހަރާމް ކަމެއް ކަން ފަތުވާ ކައުންސިލުން ހަނދާން ކޮށްދީފި އެވެ.

އެ ކައުންސިލުން މިއަދު ވަނީ ދާހިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ގައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިއުމުގެ ހުކުމުގެ ނަމުގައި 2015 ވަނަ އަހަރު ނެރެފައިވާ ފަތުވާއެއް އަނެއްކާ ވެސް ނެރެފަ އެވެ.

މިފަތުވާ ނެރެފައި ވަނީ ސީރިއާގެ ދާހިލީ ހަނގުރާމައަށް ގޮސް ތިބި 21 މީހަކު ދިވެހި ސަރުކާރުން މިދިޔަ އަންގާރަ ދުވަހު ގެނެސްފައި ވަނިކޮށެވެ. އެ ގައުމުގައި 100 އެއްހާ ދިވެހިން ޖިހާދަށް ގޮސްވެއްޖެ އެވެ. އޭގެ ތެރެއިން 90 މީހަކު ތިބީ އަނބުރާ ރާއްޖެ އަންނަން ބޭނުންވެފަ އެވެ. އަދިވެސް ޖިހާދަށް ދިއުމުގެ ވިސްނުން ގެންގުޅޭ މީހުން ރާއްޖޭގައި އެބަ އުޅެ އެވެ.

ފަތުވާގައި ބުނީ ކީކޭ؟ - މުސްލިމުން މުސްލިމުންނާ ހަނގުރާމަ ކުރުމަކީ ކީރިތި ރަސޫލާގެ ސާފު ސަރީހަ ބަސްފުޅުން ހަރާމްކަމެކެވެ. އިސްލާމީ ދުނިޔޭގެ ބޮޑެތި އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ސޫރިޔާ ފަދަ ބައެއް އިސްލާމީ ގައުމުގަތުގެ ހާލަތަށް ބަލާއިރު ޖިހާދަކީ އައިނިއްޔަ ފަރުޟެއް ނޫނެވެ. ކިފާޔަތުގެ ފަރުޟެއް ކަމަށް ބަލައިފިނަމަ ޖިހާދަށް ދެވޭނީ ދެ ޝަރުތެއްގެ މަތިންނެވެ. އެއް ޝަރުތަކީ، ޖިހާދަށް ދެވޭނީ ވަލިއްޔުލްއަމްރު، ރާއްޖޭގައި ނަމަ ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދިނުމުންނެވެ. އަނެއް ޝަރުތަކީ، ޖިހާދަށް ދެވޭނީ މައިންބަފައިން ހުއްދަ ދީގެންނެވެ.

އިސްލާމީ ބައެއް ގައުމުތަކުގައި ހިގަމުންދާ ދާހިލީ ހަމަނުޖެހުންތަކަކީ، އިސްލާމީ ގައުމުތަކާ ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުއާމަރާތުތަކެއްގެ ބޮޅުތަކުގެ ތެރެއިން ބޮޅެކެވެ. އިސްލާމީ ގައުމަކަށް ނިސްބަތްވާ ބަޔަކު ޖިހާދު ކުރުމުގެ ނަމުގައި ހަމަނުޖެހުން ހިނގަމުންދާ އިސްލާމީ ގައުމަކަށް ދިއުމަކީ މުސްލިމުންގެ ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ގައުމުތަކުގެ ކަންތައްތަކާ ބެހުމަށް ދޮރު ހުޅުވިގެންދާނެ ކަމެކެވެ.

ފަތުވާގައި އިތުރަށް ބުނެފައި ވަނީ، ދާހިލީ ހަނގުރާމަ ހިނގަމުންދާ ސޫރިޔާ ފަދަ ގައުމުތަކުގައި ޖިހާދު ކުރަން ބޭނުންވާ އެ ގައުމުގެ ޒުވާނުން އެބަ ތިބި ކަމަށެވެ. މި ޒުވާނުންނަކީ ވަރަށް ރަގަޅަށް ތަމްރީނު ލިބިފައިވާ އެކަމަށް ގާބިލު ބައެއް ކަމަށެވެ. އެމީހުން އެދެނީ އެމީހުންނަށްޓަކައި ދުއާ ކޮށްދިނުމަށެވެ. މިއަދު ހާލަތު އޮތް ގޮތުން އިތުރު ބަޔަކު އެމީހުން ގާތަށް ދިއުމަށް އެމީހުން ނޭދޭ ކަމަށެވެ. 

އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ މި ހަމަނުޖެހުމަކީ އިސްލާމީ އުއްމަތާ ކުރިމަތިވެފައިވާ ފިތުނައެކެވެ. ފިތުނައެއް ކުރިމަތިވުމުން އަމަލު ކުރާނެ ގޮތް ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި ދުއާ ކުރުމާއި، އެކަމަށް ކެތްތެރިވުމާއި، ބައިބައި ނުވުމާއި، އުއްމަތުގެ ވަހްދަތަށްޓަކައި މަސައްކަތް ކުރުން ފަދަ ކަންކަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.