އަނެއްކާވެސް އެޗްޑީސީގެ ނަމާއި ލޯގޯ ބޭނުން ކުރަން ފަށައިފި

އެޗްޑީސީ އުފެއްދީ، 2001 ވަނަ އަހަރުއެވެ. އެޗްޑީސީ އުފެއްދީ، 2001 ވަނަ އަހަރުއެވެ. ކުރީގެ ސަރުކާރުގައި އެޗްޑީސީ ރީބްރޭންޑްކޮށް އާބަންކޯއަށް ބަދަލު ކުރީ އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން މިދިއަ އަހަރުގެ އެޕްރީލް މަހު އެވެ.

އެޗްޑީސީގެ ނަން އަލުން ބޭނުން ކުރަން ނިންމައި އެކަން އިއުލާން ކުރުމުގެ ވަގުތުކޮޅު

ކުރީގެ ސަރުކާރުން މިދިއަ އަހަރު "އާބަންކޯ" އަށް ނަން ބަދަލުކޮށް، ރީބްރޭންޑް ކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން އަނެއްކާވެސް އިހު އޮތް ގޮތަށް އެޗްޑީސީއަށް ބަދަލު ކޮށްފިއެވެ. 

މި ބަދަލު ގެނައީ މިއަދު އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާވައިގެނެވެ. 

އެ ރަސްމިއްޔާތުގައި، ގާނޫނީ ގޮތުން އޮތް އެ ކުންފުނީގެ ނަން، "ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" އަލުން ބޭނުން ކުރަން ނިންމައި އެކަން ރަސްމީކޮށް އިއުލާނު ކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އޭނާއާއެކު ކުންފުނީގެ އިސްވެރިން ވެސް އެ އިއުލާން ކުރުމުގައި ބައިވެރިވެ ވަޑައިގަތެވެ. 

އެޗްޑީސީގެ ހެޑް އޮފީސް: މިހާރު ވަނީ އެޗްޑީސީގެ ނަމާ ލޯގޯ ބޭނުން ކުރަން ފަށާފައި

އެޗްޑީސީް މިއަދު ބުނީ އެ ކޯޕަރޭޝަނުގެ ގާނޫނީ ނަން "ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން"، އަލުން އެ ކޯޕަރޭޝަނުގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުން ކުރަން ފެށީ އެ ކޯޕަރޭޝަންގެ ނަމާގު ޅޭގޮތުން ކަސްޓަމަރުންނާއި އާންމުންނަށް އަރާ އޮޅުންތައް ކުޑަ ކުރުމަށެވެ. 

އެ ކޯޕަރޭޝަނުގެ ނަން އާބަންކޯ އަށް ރީބްރޭންޑް ކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ދީފައެއް ނުވެއެވެ. ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށް ވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީ އެވެ.

އެޗްޑީސީގެ ޕޯޓްފޯލިއޯގައި ހިމެނޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ އާއި ކުޑަގިރި އާއި އާބަން އައިލް ހިމެނެ އެވެ. މީގެ އިތުރުން ތިލަފުއްޓާއި ރަސްމާލެ އަދި ހުޅުމާލެ ފޭސް ތިނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެ އެވެ. އެޗްޑީސީ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުމެވެ. 

އެޗްޑީސީގެ މޭނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު

އެޗްޑީސީ އުފެއްދީ، 2001 ވަނަ އަހަރުއެވެ. ކުރީގެ ސަރުކާރުގައި އެޗްޑީސީ ރީބްރޭންޑްކޮށް އާބަންކޯއަށް ބަދަލު ކުރީ އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން މިދިއަ އަހަރުގެ އެޕްރީލް މަހު އެވެ. އޭރު އެޗްޑީސީގެ ނަން "އާބަންކޯ" އަށް ބަދަލު ކުރީ ގާނޫނީ ގޮތުން އެއްވެސް ބަދަލެއް ނުގެނެސް، ބަޔަކަށް ފައިސާދޭ އުސޫލުން ކަމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.