ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާ އަކުން މެންބަރުން އިންތިހާބު ކުރާނެ އެވެ. ނަމަވެސް އަދާލަތުގެ ޓިކެޓަށް އެދެން ހުޅުވާލީ އެންމެ ހަތަރު ދާއިރާ އަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ މީހުން ޓިކެޓަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާ އަކުން މެންބަރުން އިންތިހާބު ކުރާނެ އެވެ. ނަމަވެސް އަދާލަތުގެ ޓިކެޓަށް އެދެން ހުޅުވާލީ އެންމެ ހަތަރު ދާއިރާ އަކުންނެވެ.
އެ ޕާޓީން ބުނީ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 39 ވަނަ ބައްދަލުވުމުން ނިންމައިފައި ވާ ނިންމުމާ އެއްގޮތަށް އާންމުކޮށް ހުޅުވާލައިގެން ޓިކެޓަށް އެދުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ އެ ހަތަރު ދާއިރާއަށް ކަމަށެވެ. އެއީ؛
މި ދާއިރާތަކަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން އެދޭ މީހުން މި މަހުގެ 23 ވަނަ ދުވަހުގެ ކުރީން ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ. އެ ޕާޓީގެ ނަމުގައި މި ނޫން ދާއިރާއަކަށް ކުރިމަތިލާން އެދޭ މީހުން ވެސް ޕާޓީގެ އިންތިހާބީ ކޮމިޓީއަށް އެޑްރެސްކޮށް, މި މުއްދަތު ގައި ސިޓީ ފޮނުއްވުމަށް ވަނީ އެދިފައެވެ.
އަދާލަތު ޕާޓީއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީ އެކެވެ. ނަމަވެސް އިންތިހާބު ތަކުގައި ވާދަކޮށް ކާމިޔާބު ހޯދުމުގައި އެެ ޕާޓީ އަކީ ވަރަށް ނާކާމިޔާބު ޕާޓީ އެކެވެ. މިހާތަނަށް މަޖިލީހުގެ އެންމެ ގޮނޑިއެއް ނޫނީ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.