ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ވެފައިވާ ގައުމެއް ކަމަށް ކަނޑައަޅައިފި

ހެޕަޓައިޓިސް ބީ އަކީ ލިވާއަށް ޖެހޭ ބައްޔެކެވެ. އެ ބަލި ޖެހެނީ އެ ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން އެހެންމީހެއްގެ ހަށިގަނޑަށް ބަލީގެ ވައިރަސް ސީދާ ވާސިލްވެގެނެވެ.

ދިވެހި ރާއްޖެއަކީ ހެޕަޓައިޓިސް ބީ ބަލި ކޮންޓްރޯލު ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބަލައިގެންފި އެވެ.

ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ދިވެހި ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެ ގޮތަށް ނިންމީ ހެޕަޓައިޓިސް ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، ރާއްޖޭގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހެޕަޓައިޓިސް އެ ވެކްސިން ދެވިފައިވާތީ ކަމަށެވެ. 

އަދި ހެޕަޓައިޓިސް ބީ ފެތުރޭތޯ ބަލަން ކުރިއަށްގެންދިޔަ ސާވޭގެ ތެރެއިން، އުމުރުން ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ގައިން އެ ބަލި ފެނިފައި ނުވާތީ ކަމަށެވެ.

އަދި ބުނީ މިހާރުވެސް ހެޕަޓައިޓިސް ބީ އަށް މާބަނޑު މީހުން ގަވާއިދުން ސްކްރީންކޮށް ޕޮޒިޓިވް މީހުނަށް ފަރުވާ ދިނުމާއި، ޕޮޒިޓިވް މައިންނަށް އުފަންވާ ތުއްތު ކުދިންނަށް ޕްރިވެންޓިވް ތެރަޕީދީ އާއި ކުޑަކުދިން ބަލިން ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.