ދިއްދޫ ފެނަކަ މުވައްޒަފުންތަކެއް ވަކިކުރުމުން މަޖިލީހަށް

މެންބަރު އެދެނީ މައްސަލަ ބަލައި އިންޖީނުގެއާ ޕްލާންޓް ނިންމަން ބާރު އަޅައި ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކައިގައި އެދޭށެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު

ހއ. ދިއްދޫ ފެނަކައިގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަކިކުރި މައްސަލަ ބަލައި ދިނުމަށް މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން އައީ ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ އެ މީހުންގެ ކޮންޓްރެކްޓް ހަމަވުމުން ފެނަކައިން ވަނީ އެ މީހުން ދޫކޮށްލާފަ އެވެ. އެ ކޮންޓްރެކްޓްތައް އާ ނުކުރާން ނިންމުމުން އެ މީހުން ވަނީ އިހުތިޖާޖެއް އިއްޔެ ކޮށްފަ އެވެ.

މެންބަރު އަބްދުﷲ ވަހީދު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައި ވިދާޅުވީ ކުރީގެ ސަރުކާރުން ދިއްދޫގައި ފަށާފައިވާ އާ އިންޖީނުގެ އާއި އައިސް ޕްލާންޓްގެ މަސައްކަތަށް ފެނަކައިން ކޮންޓްރެކްޓް ވަޒީފާ ދީފައިވާ 57 މުވައްޒަފުންނަށް ނޯޓިސް ދިނުމަކާ ނުދީ ވަކި ކުރުމުން އެކަން އޭނާގެ ސަމާލުކަމަށް އެ މީހުން ގެނެސްފައިވާ ކަމަށާއި އެ މީހުން ވަކި ކުރުމުން އެ މުވައްޒަފުންނާއި އާއިލާތަކަށް ނުތަނަވަސްކަން ލިބިފައިވާ ކަމަށެވެ. 

އަދި މި މައްސަލަ ބެލުމަށާއި އިންޖީނުގެއާ އައިސް ޕްލާންޓް ނިންމަން ބާރު އަޅައި އެ މަސައްކަތްތައް ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކަ ކޯޕަރޭޝަންގައި އެދެން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައި ދިނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.