ބީސީސީގެ "ހިޔަލަ ވީކެންޑް މާކެޓް" ގޮޅިތައް ކުއްޔަށް ހުޅުވާލައިފި

ބީސީސީ އިން ބުނީ އެ ކޯޕަރޭޝަނުން އެހެން ގޮތަކަށް އަންގާ އިއުލާނު ކުރަންދެން ދަފްތަރުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވިފައި އޮންނާނެ ކަމަށެވެ.

ބީސީސީ އިން ކުރިން ބޭއްވި ފެއާއެއް: ހިޔަލަ ވީކެންޑް މާކެޓް ގޮޅިތައް ކުއްޔަށް ދޫކުރަން މިހާރު ވަނީ ހުޅުވާޅާފައި -- ބީސީސީ

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުމާލޭގައި ތަރައްގީ ކުރާ "ހިޔަލަ ވީކެންޑް މާކެޓް" ގައި ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް ނުވަތަ ގޮޅިތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"ހިޔަލަ ވީކެންޑް މާކެޓް" އަކީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ގާއިމް ކުކުރާ މެކެޓެކެވެ.

ބީސީސީ އިން ބުނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް މި މާކެޓް ހުޅުވާފައި ހުންނާނެ ކަމަށެވެ. މި މާކެޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްޓަކައި ފޯމު ހުށަހެޅުމާއެކު ދަފްތަރު ކުރެވިގެންދާނެ ކަމަށެވެ. ކޮންމެ ހަފްތާއެއްގައި ވެސް މި ކިއޮސްކްތަކަށް ވިޔަފާރިތައް ހޮވާނީ ދަފްތަރު ކުރެވިފައިވާ ތަރުތީބުން ކަމަށް ވެސް ބުންޏެވެ.

ބީސީސީ އިން ބުނީ އެ ކޯޕަރޭޝަނުން އެހެން ގޮތަކަށް އަންގާ އިއުލާނު ކުރަންދެން ދަފްތަރުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވިފައި އޮންނާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.