"އާބަންކޯ" ބޭނުން ކުރުން ހުއްޓާލަން ނިންމައިފި

އާބަންކޯ އިއުލާންކުރީ އޭޕްރީލް 1، 2023 ގައި އެ ކުންފުންޏަށް 22 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅުވައިގެނެވެ. އެކަމަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބްރޭންޑް "އާބަންކޯ" ބޭނުން ކުރުން ހުއްޓައިލަން އެކުންފުނިން ނިންމައިފި އެވެ.

އާބަންކޯ ބްރޭންޑް ބޭނުންކުރުން ހުއްޓާލަން ނިންމާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ރަސްމީކޮށް އިއުލާން ކުރާނީ އަންނަ ބުރާސްފާތީގަ އެވެ. 

އެޗްޑީސީއަކީ ފުރަތަމަ ހުޅުމާލެ ތަރައްގީކުރަން 2001 ވަނަ އަހަރު އުފެއްދި އުފެދި ރައީސް އޮފީހުގެ ޔުނިޓެކެވެ. ނަމަވެސް 2005 ވަނަ އަހަރު އެ ޔުނިޓު ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ކުންފުންޏަށް ބަދަލު ކުރި އެވެ. އަދި ފަހުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލު ކުރެއްވީ 2009 ގައެވެ.

އާބަންކޯ އިއުލާންކުރީ  އޭޕްރީލް 1، 2023 ގައި އެ ކުންފުންޏަށް 22 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅުވައިގެނެވެ. އެކަމަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އާބަންކޯ ބްރޭންޑް ތައާރަފުކުރީ ކުންފުނީގެ އެސެޓްތަކުގެ ތެރެއަށް ގުޅިފަޅާއި ތިލަފުށި ހިމެނުމުން ކުންފުނީގެ މަސައްކަތް ހައުސިންއަށް ވުރެ ފުޅާވުމުންނެވެ. ހުޅުމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅާއި ކުޑަގިރިއާ ސަފާރީ ބަނދަރު މަޝްރޫއާއި ރަސްމާލެ މަޝްރޫއު ބަލަހައްޓަނީ އެޗްޑީސީންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.