މި ނުވަ ރަށުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބުނީ އައްޑޫ ސިޓީ ފޭދޫ އަށެވެ. އެ ސިޓީގެ 62 ގެއިން އެހީއަށް އެދި ފޯމް ހުށަހަޅާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރާގެ އަސަރު ވަރަށް ބޮޑަށް ކުރި ނުވަ ރަށެއްގެ ގެތަކަށް ލިބުނު ގެއްލުންތަކަށް ބަދަލެއްގެ ގޮތުން ހަތަރު ލައްކަ ރުފިޔާ ދޭން ނިންމައިފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި ވިއްސާރާގައި ނުވަ ރަށަކުން ގެއްލުން ލިބުނު 103 ގޭބީސީއެއްގެ އެސެސްމަންޓް ވަނީ ހަދާފަ އެވެ. އަދި 90 ގެއަކަށް އެހީ ދިނުމުގެ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދޭން ވަނީ ނިންމާފަ އެވެ.
މި ނުވަ ރަށުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބުނީ އައްޑޫ ސިޓީ ފޭދޫ އަށެވެ. އެ ސިޓީގެ 62 ގެއިން އެހީއަށް އެދި ފޯމް ހުށަހަޅާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. ދެން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ކ. ގުރައިދޫގެ ގެތަކަށެވެ. އެރަށުން 25 ގޭގެ ރިޕޯޓް ލިބިފައިވެ އެވެ. މީގެ އިތުރުން ބ. ގޮއިދޫ، ފުވައްމުލައް ސިޓީ އަދި ކ. ހިންމަފުށި ހިމެނެ އެވެ.
އެންޑީއެމްއޭ އިން ބުނީ ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވެގެން އެހީތެރިކަން ފޯރުކޮށްދެނީ 90 ގެއަށް ކަމަށެވެ. އަދި 21 ގެއިން އިމާރާތަށް އެކިވަރުގެ ގެއްލުން ލިބިގެން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
މި ގެތަކުގެ ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް 1.6 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭގެ އެސެސްމެންޓްތަކުން ދައްކަ އެވެ.
އެ އޮތޯރިޓީ އިން ނިންމާފައި ވަނީ؛
އެގޮތުން، މި ކާރިސާގައި ގެއްލުންވި ގެތަކަށް ޖުމްލަ 474،349 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.
މުޅި ރާއްޖެއަށް ކުރި މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ މާލެ އަށެވެ. މާލޭގެ 44 ގެއަކަށް ހަތް ލައްކަ ރުފިޔާގެ އެހީ ފޯރުކޮށްދިނުމަށް ވެސް އެންޑީއެމްއޭ އިން ނިންމާފައިވެ އެވެ.