އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މަގާމުތަކަށް ހުޅުވާލި މުއްދަތު ހަމަވީއިރު ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ބައި އިލެކްޝަނަކަށް ހުޅުވާލުމުން ވަަގުތު ހަމަވީއިރު މަގާމުތަކަށް ކުރިމަތިލާފައި ވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށް ވާތީ ވޯޓެއް ނެތި އެ މަގާމުތަކަށް މެންބަރުން އިންތިހާބު ވެއްޖެ އެވެ.
ފެބްރުއަރީ 10 ވަނަ ދުވަހު ބައި އިލެކްޝަން ބާއްވަން އޮތީ ކ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމާއި ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މަގާމުތަކަށް ހުޅުވާލި މުއްދަތު ހަމަވީއިރު ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށެވެ. އެހެން ކަމުން އެ ބޭފުޅުން އިންތިހާބު ވެފައިވާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.
މި ތިން ބޭފުޅުން ވެސް ކުރިމަތިލީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓް ގައެވެ. އެހެން ކަމުން އެ ތިން ގޮނޑި ލިބިފައިވަނީ އެ ޕާޓީ އަށެވެ.