ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރަން ގައުމީ ކެމްޕޭނެއް

އެގޮތުން، ޒުވާނުންނާއި އަންހެނުންގެ ދައުރު ޓެކްނޮލޮޖީގެ ދާއިރާއިން ފުޅާ ކުރުމާއި ބާރުއެޅުމުގެ ގޮތުން ސަރުކާރުން ގައުމީ ފެންވަރުގައި ހެކަތޯން ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީސް: ފަނިއްޔަތުގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވަން ގައުމީ ކެމްޕޭނެއް ފަށަން ވަނީ ނިންމާފައި --

ކޯޑިން އަދި ފަންނިއްޔާތުގެ ދާއިރާގައި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމުގެ މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފަށައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމާއި ބާރުވެރިކުރުމަށް ގައުމީ ފެންވަރުގައި ކެމްޕޭނެއް ހިންގަން ކެބިނެޓުން މިއަދު ވަނީ ނިންމާފަ އެވެ. 

އެގޮތުން، ޒުވާނުންނާއި އަންހެނުންގެ ދައުރު ޓެކްނޮލޮޖީގެ ދާއިރާއިން ފުޅާ ކުރުމާއި ބާރުއެޅުމުގެ ގޮތުން ސަރުކާރުން ގައުމީ ފެންވަރުގައި ހެކަތޯން ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ކޯޑިން އަދި ފަންނިއްޔަތުގެ ދާއިރާއިން ދިވެހި ޒުވާނުން ދުނިޔޭގެ ބާޒާރުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމަށް އެފަދަ ފުރުސުސަތުތައް ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ދާއިރާއިން 500 ޒުވާނުން ތަމްރީނު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ފަންނިއްޔަތުގެ ދާއިރާއިން އަންހެނުންގެ ދައުރު އިތުރުކޮށް ބާރުވެރިކުރުވަން ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، މި ދާއިރާއިން ގިނައިން ފެންނަނީ ފިރިހެނުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.