އޮން އެރައިވަލް ވިސާ ލިބުނަސް އެއަށް ވުރެ ދިގު މުއްދަތަކަށް މަޑުކުރާ ނަމަ ނުވަތަ ތައުލީމާއި ސިއްދީ ފަރުވާ އަދި ވިޔަފާރި ބޭނުމެއްގައި ކަޒަކިސްތާނަށް ދަތުރުކުރާ ނަމަ، ފުރުމުގެ ކުރިން ދުރާލައި ވިސާ ހޯދަން ޖެހެ އެވެ.

ކަޒަގިސްތާނުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން ދިވެހިންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދޭން ފެށީ މިދިޔަ ބުދަ ދުވަހުން ފެށިގެން ކަމަށާއި ދިވެހިންނަށް އެ ފުރުސަތު ދޭން ފެށީ މިދިޔަ މެއި މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން މަސް ދުވަހަށް އޮން އެރައިވަލް ވިސާ ލިބުނަސް އެއަށް ވުރެ ދިގު މުއްދަތަކަށް މަޑުކުރާ ނަމަ ނުވަތަ ތައުލީމާއި ސިއްދީ ފަރުވާ އަދި ވިޔަފާރި ބޭނުމެއްގައި ކަޒަކިސްތާނަށް ދަތުރުކުރާ ނަމަ، ފުރުމުގެ ކުރިން ދުރާލައި ވިސާ ހޯދަން ޖެހެ އެވެ.