1.8 މިލިއަން ހަމަކުރިއިރު މީހަކު ޓެކުހަށް ދިނީ 300 ޑޮލަރު

މިދިޔަ އަހަރު ދައުލަތަށް ޑޮލަރުން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވަނީ ކުރީ އަހަރަށްވުރެ އަށް ޕަސެންޓެވެ. ޖުމްލަ ޑޮލަރުން އާމްދަނީއަށް ލިބުނީ 948 މިލިއަން ޑޮލަރެވެ.

ރާއްޖެއަށް މިދިޔަ އަހަރު އައި 1.8 މިލިއަން ވަނަ ޓޫރިސްޓު ވީއައިއޭގައި

މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން އައިސް ހަމަވެގެން އެންމެން އެ ވާހަކަ ދެއްކި އެވެ. ހާއްސަކޮށް އޭރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ސަރުކާރުގެ ވެރިން މިދިޔަ އަހަރަކީ ޓޫރިޒަމްގެ ތާރީހުގައި އެންމެ އާމްދަނީ ބޮޑު އަހަރުގެ ގޮތުގައި ދެއްކި އެވެ. އެކަމަކު އޭރު ވެސް ޓޫރިޒަމް އެކްސްޕާޓުން ބުނަމުން ދިޔައީ ބޯ ގުނިޔަސް އާމްދަނީ އިތުރެއް ނުވެ އެވެ. އަހަރު ނިމިގެން ހިސާބުތައް ނިއުޅާލިއިރު ކަންއޮތީ ވެސް އެގޮތަށެވެ. މިދިޔަ އަހަރު އައި ޓޫރިސްޓުންގެ ތެރޭން މީހަކު އެވްރެޖުކޮށް ދައުލަތަށް ޓެކުހުގެ ގޮތުގައި ދައްކާފައި ވަނީ ގާތްގަނޑަކަށް 300 ޑޮލަރެވެ. 

މިއީ ރާއްޖޭން ބޭރަށްދާ ދިވެއްސަރު ކޮންމެ ދަތުރެއްގައި ހޭދަ ކުރާ 500 ޑޮލަރަށް ވުރެވެސް ކުޑަ މިންވަރެކެވެ. 

ޓެކުހުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 572 މިލިއަން ޑޮލަރެވެ. އޭގެ ކުރީ އަހަރު ލިބުނީ 430 މިލިއަން ޑޮލަރެވެ. އެހެންވެ މިދިޔަ އަހަރު ޓީޖީއެސްޓީ ނުވަތަ ޓޫރިޒަމް ޓެކުހަށް ދައްކާފައި ވަނީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރެވެ. 

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ލިބިފައި ވަނީ 65 މިލިއަން ޑޮލަރު ގާތްގަނޑަކަށް 999 މިލިއަން ރުފިޔާ އެވެ. އެހެންވެ މި ޓެކުހުގެ ގޮތުގައި އެވްރެޖުކޮށް ޓޫރިސްޓަކު ދައްކާފައިވަނީ 34 ޑޮލަރު ނުވަތަ 500ރ. ވަރެވެ. 

ޖުމްލަ ޑޮލަރުގެ އާމްދަނީ 948 މިލިއަން

  •  ޓޫރިޒަމް ޓެކްސް 572 މިލިއަން ޑޮލަރު
  •  ގްރީން ޓެކްސް 65 މިލިއަން ޑޮލަރު
  •  ޑިޕާޗާ ޓެކްސް 64 މިލިއަން ޑޮލަރު
  •  އެއާޕޯޓް ޑިވްލޮޕްމަންޓް ފީ 65 މިލިއަން ޑޮލަރު
  •  ލީސް އެކްސްޓެންސަން ފީ 127 މިލިއަން ޑޮލަރު
  •  ޓޫރިޒަމް ބިމު ކުލި 114 މިލިއަން ޑޮލަރު

މިދިޔަ އަހަރު ދައުލަތަށް ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބުނީ 948 މިލިއަން ޑޮލަރެވެ. މި އަދަދަކީ ކުރި އަހަރު ލިބުނު 895 މިލިއަން ޑޮލަރާ އަޅާބަލާނަމަ އަށް ޕަސެންޓުގެ އިތުުރު ވުމެކެވެ. މިދިޔަ އަހަރު ގްރީން ޓެކުހުގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި ވެސް 65 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މީގެ އިތުރުން އެއާޕޯޓް ފީގެ ގޮތުގައިވެސް 65 މިލިއަން ޑޮލަރު ލިބުނެވެ. 

2023 ޓޫރިޒަމް - މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 1,878,537 ޓޫރިސްޓުން އައިިރު 12 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ. އަދި އަހަރު ނިންމާލިއިރު ރާއްޖޭގައި ޖުމްލަ 61,650 އެނދު ހުއްޓެވެ. އެވްރެޖުކޮށް ޓޫރިސްޓަކު ރާއްޖޭގައި މަޑުކޮށްފައިވަނީ 7.6 ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.