މިއަދުގެ އިންތިހާބު: އެމްޑީޕީއަށް ދެ ގޮނޑި، ޕީއެންސީއަށް ދެ ގޮނޑި، މެޖޯރިޓީ ސަރުކާރަށް

މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ގައި އެމްޑީޕީން ދެ ގޮނޑި ކާމިޔާބު ކުރިއިރު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ވެސް ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފައެވެ.

މިއަދު އޮތް އިންތިހާބު ގައި ކާމިޔާނު ހޯއްދެވި ކެންޑިޑޭޓުން

މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ގައި އެމްޑީޕީން ދެ ގޮނޑި ކާމިޔާބު ކުރިއިރު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ވެސް ދެ ގޮނޑި ކާމިޔާބު ކޮށްފި އެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވާށާއި މާލޭ ކައުންސިލުންގެ ތިން ގޮނޑިއަަކަށް މެންބަރުން ހޮވުމުގެ އިންތިހާބުގައި ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެންމެ ވާދަވެރި / އެންމެ ބޮޑު ޝައުގުވެރިކަމެއް އޮތް މާލޭ މޭޔަރުގެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ.

އާޒިމާ ގާތުން ވާދަކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމަށް ލިބިވަޑަައިގަތީ 7،621 ވޯޓެވެ. އާޒިމާ އަށް ލިބިވަޑައިގަތީ 5،031 ވޯޓެވެ. ޑިމޮކްރެޓްސްގެ ސައިފަށް ލިބިވަޑައިގަތީ 2،343 ވޯޓެވެ. ހުސައިން ވަހީދަށް ލިބިވަޑައިގަތީ 1،888 ވޯޓެވެ. ޝުއައިބު 125 ވޯޓް ލިބިވަޑައިގަތެވެ.

ބައި އިލެކްޝަން ބޭއްވި ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައެވެ. އެ ދާއިރާ އިން ކައުންސިލަށް އިންތިހާބުވީ އަހްމަދު ރިޝްވާން އެވެ. ރިޝްވާނަށް ލިބިފައި ވަނީ 320 ވޯޓެވެ. 

ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އެވެ. ރިޝްފާ އަށް ލިބިފައި ވަނީ 411 ވޯޓެވެ. މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ހަސަން ނިޒާމެވެ. އޭނާ އަކީ ވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓެކެވެ. އޭނާ އަށް ލިބިފައި ވަނީ 383 ވޯޓެވެ.

މިއަދުގެ ނަތީޖާއާ އެކު ކައުންސިލްގެ މެޖޯރިޓީ އޮންނާނީ ސަރުކާރަށެވެ. އެމްޑީޕީގެ ތިން މެންބަރުން ހިމެނޭއިރު ދަ ޑިމޮކްރެޓްސްގެ ދެ މެންބަރު އަދި ޕީއެންއެފްގެ ދެ ކައުންސިލަރަކު ހިމެނެ އެވެ. ދެން ތިއްބެވީ ޕީޕީއެމް / ޕީއެންސީގެ ކައުންސިލަރުންނެވެ. ސަރުކާރު ހިންގާ ދެ ޕާޓީއަށް ނިސްބަތްވާ 11 ކައުންސިލަރުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.