ވަގުތީ ނަތީޖާގެ ބޮޑު އިންސައްތައެއް ސާފުވެފައިވާއިރު ތަފާތު ބޮޑުކޮށް އިންތިހާބު ކާމިޔާބުކޮށް މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ އާދަމް އާޒިމެވެ. އާޒިމްއާ އެންމެ ގާތުން ވާދަ ކުރައްވާ އާޒިމާއާ ދެ ބޭފުޅުންގެ މެދުގައި ފަނަރަސަތޭކަ ވޯޓްގެ ފަހަރެއް ވެ އެވެ.
މާލޭގެ މޭޔަރު ހޮވުމަށް މިއަދު ކުރިއަށް ގެންދިޔަ އިންތިހާބު، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.
މިއަދު އޮތް އިންތިހާބު ގައި މޭޔަރު ކަމަށް ފަސް ބޭފުޅަކު ވާދަ ކުރެއްވި އެވެ. ވަގުތީ ނަތީޖާގެ ބޮޑު އިންސައްތައެއް ސާފުވެފައިވާއިރު ތަފާތު ބޮޑުކޮށް އިންތިހާބު ކާމިޔާބުކޮށް މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ އާދަމް އާޒިމެވެ.
އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމްއާ އެންމެ ގާތުން ވާދަ ކުރައްވާ އާޒިމާއާ ދެ ބޭފުޅުންގެ މެދުގައި ފަނަރަސަތޭކަ ވޯޓްގެ ފަހަރެއް ވެ އެވެ.
ތިންއަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހް އެވެ. އޭނާ ވަނީ އިންތިހާބުގެ ބަލި ގަބޫލު ކުރައްވާ އާޒިމަށް މަރުހަބާ ވެސް ވިދާޅުވެފައެވެ. ހަތަރުވަނަ ހޯއްދެވީ ރައީސް ޔާމީންގެ އެންޑޯޒްމަންޓާ އެކު ނިކުންނެވި ކުރީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އެވެ. އޭނާ ވަނީ ފާތިހުއާ ވަރަށް ކައިރީން ވާދަ ކުރައްވާފައެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު އަލީއަށް ސަތޭކައެއްހާ ވޯޓް ވެސް ލިބިވަޑައިނުގަންނަވަ އެވެ.