މާލެއަށް އިއްޔެ 159.3 މިލިމީޓަރުގެ ވާރޭ ވެހުނު

އިއްޔެ މާލެއާއި އެހެން ރަށްރަށަށް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވެފައި ވެސް ވެއެވެ.

އިއްޔެ ވެހުނު ބޯ ވާރޭގައި މާލެ ފެން ބޮޑުވެފައި: މިދިއަ މަހު ވެސް މާލޭގައި ފެން ބޮޑު ވެފައިވޭ

ގަދަ ވިއްސާރައިގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ވެރިތަށް މާލެއަށެވެ.  

މޫސުމާ ބެހޭ އިދާރާ، މީޓިއޮރޮލޮޖޮކަލް ސާވިސް އިން ބުނި ގޮތުގައި މާލެ ސަރަހައްދަށް ޖުމްލަ 408.1 މިލިމީޓަރުގެ ވާރޭ އިއްޔެ ވެހުނެވެ. އަދި މާލެ މާލެއަށް 159.3 މިލިމީޓަރުގެ ވާރޭ ވެހުނުވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ވީއައިއޭ އޮންނަ ހުޅުލެއަށެވެ. އެ ރަށަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނު އިރު އިންވެގެން އޮތް ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

އަދި ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެ އަތޮޅު ކާށިދޫއަށާއި އދ. މާމިގިއްޔަށެވެ. ކާށިދޫއަށް 68.3 މިލިމީޓަރުގެ ވާރޭ ވެހުނު އިރު މާމިގިއްޔަށް 62.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

އިއްޔެ މާލެއާއި އެހެން ރަށްރަށަށް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވެފައި ވެސް ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.