ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމަނާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ފަސްޓް ލޭޑީ މެޑަމް ޕެންގް ލިޔުއާން މިއަދު ވަނީ ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވާފަ އެވެ. ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަޑައިގަތުމުން 21 ބަޑިން ސަލާމެއް އެރުވުމާއެކު ޗައިނާގެ އަސްކަރީ ބޭންޑުގައި ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެ އެވެ. އެއަށްފަހު ރައީސް މުއިއްޒު ރައީސް ޝީއާއެކު ގާޑް އޮފް އޮނާއެއް އިންސްޕެކްޓް ކުރެއްވިއެވެ.