ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ ސަރުކާރު ހިއްސާވާ ބާރަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ ސަރުކާރު ހިއްސާވާ ބާރަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން އާދަމް މުހައްމަދު ވަކިކޮށް އަހްމަދު ޝަފީގު ވަނީ ހަމަޖައްސާފައެވެ. އެމްޑަބްލިއުއެސްސީގެ ބޯޑް މެންބަރުން ކަމަށްވާ ފާތިމަަތު ހަނާ އާއި އަހްމަދު އީވާން އިސްމާއީލް ވަކިކޮށް ޝަމްހޫޒް އަހްމަދާއި އަބްދުއްސަލާމް މުހައްމަދު ވަނީ އައްޔަނު ކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ބޯޑްގެ މެންބަރު އަބްދުﷲ ސުއޫދު ވަކިކޮށް އެ ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހް ވަނީ އައްޔަނު ކޮށްފައެވެ. ހައްޖު ކޯޕަރޭޝަންގެ ބޯޑުން ފާތިމަތު ލީނާ އާއި އަހްމަދު އާސިފް ވަކިކޮށް އަހްމަދު މުއާޒު މަންސޫރާއި ޔޫސުފް ތަލާލް ހުސައިން ވަނީ އައްޔަނު ކޮށްފައެވެ.
އަދި އާސަންދަ ކޮމްޕެޓީން މުހައްމަދު އާމިރު ވަކިކޮށް ބޯޑް މެންބަރު ކަަމަށް އަހްމަދު އީމާން އާއި އަހްމަދު ޝަކީބު ވަނީ އައްޔަނު ކޮށްފައެވެ. އެމްއޭސީއެލްގެ ބޯޑް މެންބަރު ކަމުން އާއިޝަތު އަރްޝާ ވަކިކޮށް މުހައްމަދު ރިޔާޒް ހަމަޖައްސާ އެމްޓީޑީސީގެ ބޯޑް މެންބަރު ކަމުން މުހައްމަދު ފާތިހް ވަކިކޮށް އިބްރާހިމް ބައްސާމް ސައީދާއި މަހާ ނަސީރު ވަނީ އައްޔަނު ކޮށްފައެވެ.
މީގެ އިތުރުން ޕޯސްޓް ލިމިެޓްގެ ބޯޑަށް ޝިޔާމް އިބްރާހިމް އައްޔަނުކޮށް އައިލެންޑް އޭވިޢެޝަންގެ ބޯޑުން މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އާއިޝަތު ޖެނީފާ އާއި ބޯޑް މެންބަރުން ކަމަށްވާ އަބްދުﷲ އާމިރާއި އަޒްހީލް އަހްމަދާއި އިސްމާއީލް އަލިމަނިކާއި ނިޒާރު ހަސަން ވަނީ ވަކިކޮށްފައެވެ. އެ ކުންފުނީގެ ބޯޑަށް އަލަށް އައްޔަނު ކުރީ އަހްމަދު އަބޫބަކުރާއި މުހައްމަދު ހައްސާން އާއި އަބްދުﷲ ސައީދެވެ.
އަދި ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑަށް އާއިޝަތު ޝެހެނާޒް ވެސް ވަނީ އައްޔަނު ކޮށްފައެވެ.