އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން މާދަމާ ހެނދުނު ޓްރެފިކަށް ހުޅުވާލާނެ އެވެ.
މާލޭގެ އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ހިމެނޭ ދެ ސެގެމެންްޓްގެ މަސައްކަތް ނިންމާލުމަށް ފަހު އަންނަ ހޮނިހިރު ދުވަހު މުޅި މަގު ހުޅުވާލަން ނިންމައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް މުޅީން ނިންމާލެވިފައިވާ ކަމަށެވެ. އަދި ފަހުން ތާރު އެޅި ބައިގެ ބައެއް ސަރަހައްދު ހުޅުވާލާނެ ކަމަށެވެ.
އެ ގޮތުން އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލާނެ ކަމަށް ބުންޏެވެ. މަގުގެ އެ ބައި ހުޅުވާލާނީ ހެނދުނު ހައެއް ޖަހާއިރު އެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ މުޅި މަގު އަންނަ ހޮނިހިރު ދުވަހަށް ހުޅުވާލާނެ ކަމަށެވެ. އެ ގޮތުން އެ ދުވަހުގެ ހެނދުނު ހަޔަކުން ފެށިގެން މުޅި އަމީނީ މަގުގައި ދުއްވޭނެ އެވެ.
އަމީނީ މަގުގެ އެންމެ ފަހު ސެގްމެންޓް 12، އަދި 13 އިގެ މަސައްކަތް ފެށީ މިދިއަ ޑިސެމްބަރު މަހުގެ ނުވަނަ ވަނަ ދުވަހު އެވެ. މި ދެ ސެގެމެންޓްގެ މަސައްކަތް އެއްކޮށް ނިންމާފައި ވަނީ ކުރިން މަގުގެ މަސައްކަތް ކުރި އިރު އެންމެ ސެގެމެންޓެއްގެ މަސައްކަތް ތާރުޅާ އަޅާ ހިސާބަށް ގެންދިޔަ ސްޕީޑަށްވުރެ ވެސް އަވަސް ކޮށެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން 1.79 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްގީ ކުރާށެވެ.
މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހާވާލުކުރީ 84.4 މިލިޔަން ރުފިޔާ އަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މި މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރަށް މަސައްކަތް ނިންމާށެވެ. ނަމަވެސް އެ މުއްދަތަށް ފުރަތަމަ މަަސައްކަތް ވެސް ނުފެށުނެވެ.
އޭގެ ފަހުން އެކި ތާރީހުތައް ކަނޑައަޅާ އެންމެ ފަހު ތާރީހަކަށް ކަނޑައެޅީ މިދިއަ އަހަރުގެ ސެޕްޓެންބަރެވެ. އެ މުއްްދަތު ނިމި ރައީސް ސޯލިހްގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް އަމީނީ މަގު މުޅީން ނުނިންމުނެވެ.
މި ފެންނަނީ އެމްޑީޕީގެ ނާގަބިލުކަން. 5 އަހަރު ނިމުނު އިރު އެންމެ މަގެއް ނިންމާނުލެވުނު ބައެއް. ކަންކަންވާ މީހުން މި ފެންނަނީ
އުފާވެރިކަން އިންތިހާ. 5 އަހަރު ވީ އިރު މަގެއް ނިންމާނުލެވުނު ވިއްޔާ ރ އިބޫ އަށް. މިއޮތީ މަގު ވެސް ނިންމް ދީފާ. ދެން ބަލަން ތިބެ،