މަހުލޫފްގެ ރައްދެއް އާޒިމަށް: ގަދަބާރުން ސަރުކާރެއް ވައްޓާލުމާއި ދެކޮޅު

މަހްލޫފް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިހުބުވެވަޑައިގަތީ އަލީ އާޒިމާއި އޭނާ ނިސްބަތްވާ ޕާޓީ -- ދަ ޑިމޮކްރެޓްސް ގެވެސް ފުރިހަމަ ތާއީދާއެކު ނޫންތޯ ސުވާލު ކުރައްވާފައެވެ.

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް

ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ގަދަ ބާރުން / ބަގާވާތަކުން ވައްޓާލުމާއި ދެކޮޅު ހައްދަވާ ކަމަށާ އެއީ ރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވެ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމް ވަނީ މި ސަރުކާރު ބަދަލު ކުރަން ރައްޔިތުން ތައްޔާރަށް ތިބިތޯ ސުވާލު ކުރެއްވުމުންނެވެ.

ރައީސް ސޯލިހްގެ ސަރުކާރުގަައި އެންމެ ނަތީޖާ ރަނގަޅު މިނިސްޓްރީ ހިންގެވި އެ ސަރުކާރުގެ ޔޫތު މިނިސްޓަރު މަހްލޫފް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިހުބުވެވަޑައިގަތީ އަލީ އާޒިމާއި އޭނާ ނިސްބަތްވާ ޕާޓީ -- ދަ ޑިމޮކްރެޓްސް ގެވެސް ފުރިހަމަ ތާއީދާއެކު ނޫންތޯ ސުވާލު ކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް އަދި ދެ މަސް ނުވާ ކަން ފާހަގަ ކުރައްވާ މަހްލޫފް ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ގަދަބާރުން / ބަގާވާތަކުން ވައްޓާލުމާއި ދެކޮޅު ކަމަށެވެ.

"އެއީ ދިވެހިރާއްޖެ އަށް ރަނގަޅު ތަޖުރިބާއެއް ނޫން. އިންތިހާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެން ނުވާނެ،" މަހްލޫފް ވިދާޅުވި އެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އަވަށްޓެރި ގައުމުތަކުގެ މެދުގައި ގުޅުގައި ބަދަހިކޮށް، ގައުމުގެ ހާރިޖީ ސިޔާސަތުތައް ދަމަހައްޓަން މަސައްކަތް ކުރުމަކީ އެ ޕާޓީގެ އަސާސެއް ކަމަށެވެ. އެ އަސާސާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިލާފުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ޑރ. މުއިއްޒު މަގާމުން ވަކި ކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ތިޔަބޭފުޅުން ތައްޔާރުތޯ؟ ރައީސްގެ އިތުބާރު ނެތް ވޯޓް ނަގަން އެމްޑީޕީން އޮތީ ތައްޔާރަށްތޯ؟" އިއްޔެ އާޒިމް ކުރެއްވި ޕޯސްޓް ގައި ލިޔުއްވާފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.