މޯލްޑިވިއަންއަށް ބޮއިން 787 ބޯޓެއް ކުއްޔަށް ނަގަނީ

ކުއްޔަށް ނަގަނީ 270 ޖާގަ ލިބޭ އިކޮނޮމީ އަދި ބިޒްނަސް ކްލާސް ހިމެނޭ ބޯޓަކަށް ވާންޖެހެ އެވެ. އަދި ބިޒްނަސް ކްލާހުގެ އެންމެ މަދުވެގެން 15 އާއި 20 ޖާގަ ހުންނަން ޖެހެ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއް ވީއައިއޭގައި

މޯލްޑިވިއަންއަށް ބޮއިން 8-787 ޑްރީމްލައިނާ މަރުކާގެ ބޯޓެއް ކުއްޔަށް ހޯދާން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިއުލާނެއް ކޮށްފި އެވެ.

ގެޒެޓްކުރި އިއުލާންގައި ވާގޮތުން އައިއޭއެސް އިން ބޭނުން ވަނީ ބޮއިން 8-787 މަރުކާގެ ބޯޓެއް ޑްރައި ލީޒް އުސޫލުން ދޭނެ ފަރާތެއް ހޯދާށެވެ. 

ރިކުއެސްޓް ފޯ ޕްރޮޕޯސަލްގައި ކަނޑައަޅާފައިވާ ޝަރުތުތަކާއެކު ހަ އަހަރު ދުވަހުގެ މުއްދަތަށް މަތިންދާބޯޓު ޑްރައި ލީޒް އުސޫލުން ދޭން ޝަރުތު ހަމަވާ ފަރާތްތަކަކަށް ވަނީ ހުޅުވާލާފާ އެވެ. އެ ބިޑްގައި ރަޖިސްޓްރީވާން މި މަހުގެ 25 އާ ހަމައަށް ފުރުސަތު ދީފައި  ވެސް ވެއެވެ.

ކުއްޔަށް ނަގަނީ 270 ޖާގަ ލިބޭ އިކޮނޮމީ އަދި ބިޒްނަސް ކްލާސް ހިމެނޭ ބޯޓަކަށް ވާންޖެހެ އެވެ. އަދި ބިޒްނަސް ކްލާހުގެ އެންމެ މަދުވެގެން 15 އާއި 20 ޖާގަ ހުންނަން ޖެހެ އެވެ.

ބޯޓެއް ކުއްޔަށް ނަގާއިރު ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެއުމަށް ވެސް ވަނީ ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.