އިންޑިއާ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓަރީން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ބޮޑުވަޒީރު މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތް ކުރި ކުރުން ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.
ސޯޝަލް މީޑީޔާގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަކޮށް ކުޑައިމީސް ކުރި މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީ ސިފައެއްގައި އިންޑިއާގެ ކިބައިން މާފަށް އެދިފައި ނުވަނީ ކީއްވެތޯ ބަލަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅައިފި އެވެ.
އެ މައްސަލައާ ގުޅުވާލައި މިނިސްޓަރު ޒަމީރާ ސުވާލު ކުރަން ހުށަހެޅުއްވެވީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އޭނާ ހުށަހެޅުއްވެވީ ބޮޑުވަޒީރު މޯދީއަށް ސޯޝަލް މީޑިއާގައި ކުޑައިމީސްކޮށް ފުރައްސާރަ ކުރުމުން ވެސް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީ ސިފައެއްގައި އިންޑިއާގެ ކިބައިން މައާފަށް އެދިފައި ނުވަނީ ކީއްވެތޯ ސުވާލު އައްސަވާށެވެ.
މި ހުށަހެޅުން މީކާއީލް ހުށަހެޅުއްވެވި އިރު އެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފުގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދު ބޮޑުވަޒީރު މޯދީއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓަރީން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ބޮޑުވަޒީރު މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތް ކުރި ކުރުން ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި ފާޅުކުރި އެ ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި ކަމަށާއި ނަފްރަތު ނުފެތުރުމަށާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް އެކަން ކުރުމަށް ވެސް ފޮރިން މިނިސްޓްރީން އެދިފައި ވެއެވެ.
މީގެ އިތުރުން ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަކުރި މައްސަލަ ކުއްވެރިކޮށް މީކާއީލް ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފަ އެވެ. އެ ގަރާރުގައި ބުނެފައިވަނީ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކުރުމުން އިންޑިޔާއާ ރާއްޖެއާ ދެމެދު ނުތަނަވަސްކަން އުފެދި ދެގައުމުގެ ދޭދޭ ގުޅުމަށް މީން ޒަމާނަކު ނާންނަވަރަށް ހީނަރުކަން އައިސްފައިވާ ކަމަށެވެ.
"... މިކަމާއި ގުޅިގެން ފާއިތުވެދިޔަ 48 ގަޑިއިރު އެކަނިވެސް އިންޑިޔާގެ ވަރަށް ގިނަ ޓުއާ އޮޕަރެޓަރުންނާއި ޓްރެވަލް އެޖެންޓުން ދަނީ އިންޑިޔާގެ އެކި ފަރާތްތަކުން ރާއްޖެ އައުމަށް ހަދާފައިވާ ބުކިންސްތައް ކެންސަލް ކުރަމުންދާކަން ހާމަކުރަމުންނެވެ." ޤަރާރުގައި ބުނެފައިވެއެވެ.
ތާކުން ތާކުން ނުޖެހޭ މީހުން މަގާމު ތަކަށްލީމަ ވާނީ މިހެން. ކުރިން އެކްޓިވިސްޓަކަށް އުޅުނު އިރު އުޅުނުހެން މަތީ މަގާމު ތަކުގަ ތިބެ އުޅެގެންނުވާނެ. އިންޑިޔާއިން އެމީހުންގެ ގައުމު ޕްރޮމޯޓް އެކޮށްލީ ވަރަށްބޮޑަށް ޗާންސްގެ ބޭނުންހިފައިގެން