އެއާޕޯޓް އަޅަން ފައިސާ ހޯދަން ހަވާލުކުރި ކުންފުނިތަކުގެ އެއްބަސްވުން ބާތިލް ކުރަނީ

ކުރީ ސަރުކާރުން ހަތް ކުންފުންޏަކަށް ޑޮމެސްޓިކް އެއާޕޯޓް އަޅަން ފައިސާ ހޯދަން ހަވާލު ކުރި އެވެ. ނަމަވެސް މި ކުންފުނިތަކުގެ މައުލޫމާތު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ޑޮމެސްޓިކް އެއާޕޯޓު އަޅަން ފައިސާ ހޯދަން މުނި އެންޓަޕްރައިސަސްއާއެކު ސޮއި ކުރަނީ -- ޕްލޭނިން

ޑޮމެސްޓިކް އެއާޕޯޓްތައް އަޅަން މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނިތަކުން ސަރުކާރަށް ފައިސާ ނުދައްކާތީ އެ ކުންފުނިތަކުގެ އެއްބަސްވުން ބާތިލް ކުރަން ނިންމައިފި އެވެ. 

އިކޮނޮމިކް ކައުންސިލްގެ މި ނިންމުމުގެ މައުލޫމާތު ދެއްވަމުން  ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ފައިސާ އެއާޕޯޓް އަޅަން ފައިސާ ހޯދަން ހަވާލުކުރި ހަތް ކުންފުނިން ސަރުކާރަށް ފައިސާ ދައްކަން މިމަހުގެ 20 ވަނަ ދުވަހަށް މުއްދަތުދޭން އިކޮނޮމިކް ކައުންސިލުން ކުރިން ނިންމި ނިންމުން ބަދަލުކޮށް އެ ކުންފުނިތަކުގެ އެއްބަސްވުންތައް ބާތިލް ކުރަން ނިންމާފައިވާ ކަމަށެވެ. 

ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދާ ކުންފުންޏަށް ފަޅެއް / ރަށެއް ދޭ ގޮތަށް ފައިސާ ހޯދަން މިދިޔަ ސަރުކާރުން ހަތް ކުންފުންޏަކާއެކު އެއްބަސްވެފައިވެ އެވެ. 

އެއާޕޯޓް އަޅާ ރަށްތަކާއި ހިނގާ ހަރަދުތައް

  •  ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
  •  ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
  •  ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  •  ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
  •  ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
  •  ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު

ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދަން ކުންފުނިތަކާ ހަވާލު ކުރިނަމަވެސް ކުރީ ސަރުކާރުން މީގެ އެއްވެސް މައުލޫމާތެއް އާއްމުކޮށްފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.