ރާއްޖޭގައި ޕޭޕަލް އެކްސެސް ހޯދުމުގެ މަސައްކަތް ފަށައިފި

މި ހިދުމަތަކީ ޒުވާނުންގެ ގިނަ ބަޔަކު ހޯދަން އެދެމުން ގެންދާ ހިދުމަތެވެ. މި ހިދުމަތް މެދުވެރިކޮށް ބޭރުން އަންނަ ޕޭމަންޓް ރާއްޖޭން ނެގޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

 ޒުވާނުންގެ ގިނަ ބަޔަކު އޮންލައިން ވިޔަފާރި ކުރުމުގައި ހުރި ގޮންޖެހުމެއް ކަމަށްވާ ޕޭޕަލް އެކްސެސް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްސް އަށް އެކްސެސް ހޯދުމާއި ގުޅޭ ގޮތުން އެމެރިކާރުގެ ސަރުކާރުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ހިދުމަތަށް އެކްސެސް ލިބޭނެ ގޮތް ހޯއްދެވުމަށާއި މިކަމާއި ގުޅޭ އެހެނިހެން ފަރާތްތަކާއި މަޝްވަރާ ކުރައްވައިގެން ޕޭޕަލް ފަދަ އެހެން ޕްލެޓްފޯމް ތަކަށް އެކްސެސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. 

ނާޒިމް އިތުރަށް ވިދާޅުވީ ޕޭޕަލް އެކްސެސް ހޯދުމުގެ ބޭނުމަކީ ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސް ތަކަށް ހައްލު ހޯދުން ކަމަށެވެ. 

ޕޭޕަލް އެކްސެސް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ގަވަރުނަރު އަލީ ހާޝިމް ވެސް ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް މިކަން ކާމިޔާބުވެފައެއް ނުވެ އެވެ. ގަވަރުނަރު އަލީ ހާޝިމް ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ 2020 ވަނަ އަހަރު ވިދާޅުވެފައިވާ ގޮތުގައި ޕޭމަންޓް ސިސްޓަމް ގާއިމް ކުރަނީ އައިއެސްއޯ 222 ސްޓޭންޑާޑަށް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.