ސަރުކާރުން ދަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެންނަން މަސައްކަތް ކުރަމުންނެވެ.
އަލަށް ފަށާ އިގްތިސޯދީ މަސައްކަތެއް ނަމަ އެ މަސައްކަތަކަށް ގެނެވޭ ތަކެއްޗަށް އިންވެސްޓްމަންޓް ގާއިމު ކުރެވެންދެން ޑިއުޓީ މައާފު ކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ އަކުރު (ހ) އާއި އަކުރު (ށ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބި ވަޑައިގަންނަވާ އިހްތިޔާރުން އިމްޕޯޓް ޑިއުޓީ މާފު ކުރުމާއި އިމްޕޯޓް ޑިއުޓީ މާފު ކުރުމުގައި އަމަލު ކުރާނެ އުސޫލަށް އެއްވަނަ ވަނަ އިސްލާހު ވަނީ ގެނެސްފަ އެވެ.
ސަރުކާރުން ދަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެންނަން މަސައްކަތް ކުރަމުންނެވެ.
އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވެވި ގަރާރުގައިވާ ގޮތުން ރާއްޖޭގައި ގާއިމް ކުރާ އެސްއީޒެޑްގައި ހިންގި ދާނެ މަސައްކަތްތާއި އެންމެ ކުޑަ އެއިން ޒޯނެއްގައި ހިމެނޭ އެންމެ ކުޑަ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ) އެވެ.
އެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގައި ކުރެވޭނެ އެންމެ ކުޑަ އިންވެސްޓްމަންޓުގެ މިންވަރު ބޯޑް އޮފް އިންވެސްޓްމަންޓުގެ ލަފާގެ މަތިން ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ކުރިން މުރާޖައާކޮށް އާއްމު ކުރަން ޖެހެ އެވެ. އެންމެ ފަހުން މި އިންވެސްޓްމަންޓުގެ އަދަދު ކަނޑައަޅާފައި ވަނީ ޖެނުއަރީ 31، 2018 ގަ އެވެ. އެއީ ރައީސް ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އެ ފަހަރުގެ ގަރާރުގައި ރައީސް ޔާމީން ކަނޑައެޅުއްވި އެންމެ ކުޑަ އިންވެސްޓްމަންޓުގެ އަގަކީ 150 މިލިއަން ޑޮލަރެވެ.
ސަރުކާރުން ވަނީ ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކުރަން ތައްޔާރު ވަމުންނެވެ. މިގޮތުން ރަސްމާލެ މަޝްރޫއާއި ޓްރާންޝިޕްމަންޓް ޕޯޓް އަދި ވީއައިއޭ ތަރައްގީ ކުރުމުގެ ތިންވަނަ މަޝްރޫއު ވެސް ހިމެނެ އެވެ.